ބޭނުންވާ ތަކެތި:
1 ކެރެޓް އާދައިގެ ސައިޒުގެ
1 ފިޔާ އާދައިގެ ސައިޒުގެ
1 ލުނބޯ
ތައްޔާރުކުރާނެ ގޮތް:
3 ބާވަތް ރަނގަޅަށް ދޮވެލާށެވެ. ކެރެޓް ކުދިކޮށް ކޮށާލާށެވެ! ފިޔާ ރަނގަޅަށް ނޮޅާލުމަށްފަހު ކުދިކޮށް ކޮށައިލާށެވެ. ލުނބޯވެސް ކޮށާލާށެވެ! ފެން ތަށްޓަކަށް އަޅައި އޫފަދަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް ދިޔަ ނުކުންނަވަރުކޮށްލުމަށްފަހު މަތިޖަހާފައި 30 މިނިޓް ބަހައްޓާށެވެ!
30 މިނިޓްވުމުން މަތިނަގައި އަލުން އޫފަދަ އެޗަކުން ރަނގަޅަށް ޗިސްކޮށް އެއްކޮށްލާށެވެ! ޖޫސް އެހެރީ ތައްޔާރުވެފައެވެ.
10 ދުވަހުގެ ތެރޭގައި ތަފާތު އިޙްޞާޞްކުރެވެން ފަށާނެއެވެ. 30 ދުވަސްތެރޭގައި ބޮޑު ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ
- ފަޒީގެ ޓީމުން ތަޖުރިބާކޮށްފައި