ސިފަ ހުތުރުކަމުން ވަރިކުރި އަނބިމީހާގެ ރީތިކަން ފެނުމުން އަނބުރައިގަނެގެން ވެއްޓިއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ސިފަ ހުތުރުކަމުން ވަރިކުރި އަނބިމީހާގެ ރީތިކަން ފެނުމުން އަނބުރައިގަނެގެން ވެއްޓިއްޖެ!

ދަރިފުޅުގެ ގްރެޖްއޭޝަން ސެރެމަނީއަށް ގޮސްއިން ފިރިހެނަކު އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. އޭނާއަށް ވަގުތުން ޞިއްޙީ ފުރަތަމަ ފަރުވާ ދިނުމުން ހޭއަރައި އޭނާއަށްވީ ގޮތް ޒީރޯ ޓޮލަރަންސް ނިޔުސްއަށް ވަނީ ކިޔައިދީފައެވެ. 

އޭނާ ބުނީ މީގެ 3 އަހަރުކުރިން އޭނާގެ އަނބިމީހާ ރޮއި އާދޭސްކުރަމުންދަނިކޮށް އަޑުނާހައި އަނބިމިހާ ވަރިކޮށްލާފައި ގެއިން ނުކުމެގެން ދިއައީ އަނބިމީހާ ފަލަވެ ސިފަ ހަޑިވުމުން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް އޭނާ ބޭނުންވަނީ ލޫޅާފަތި ބަނިޔާދަން ސިފަރީތި އަންހެނުން ކަމަށެވެ. 

އޭނާ ބުނީ ކައިވެނިކޮށްގެން ދަރިން ލިބެން ފެށިއިރު އޭނާ ބޭނުންވާ ސިފަތައް އަނބިމީހާގެ ހުރިކަމަށާއި ފަހުން ފަލަވެ ސިފަ ހުތުރުވީކަމަށެވެ. އަދި އަނބިމީހާ ގާތު ހިކި އަލުން ރީތިވާން ބުނެބުނެވެސް އެކަން ނުކުރީކަމަށެވެ. 

"ވަރިކުރިފަހުން ފުރަތަމަ ފަހަރަށް އަނބިމީހާ މިފެނުނީ. މިހާރު ހީވަނީ ފުރަތަމަ ކައިވެނިކުރިއިރަށްވުރެވެސް މާރީތިހެން. އޭނާއަށް އެހެން މީހަކާއެކުގައި ދިރިއުޅެވިގެން ނުވާނެ! އަހަރެންމިއީ 3 ދަރިންގެ ބައްޕަ! އޭނާ ލިބެން ޖެހޭނީ އަހަރެންނަށް" ކަމަށް އޭނާ ބުނެފައިވެއެވެ. 

ޒީރޯ ޓޮލަރަންސް ނިޔުސްގެ ފަރާތުން އަންހެން މީހާގެ ބަހެއްވެސް ހޯދައިލީމެވެ. އޭނާ ބުނަނީ---

"އަހަރެން ފަލަވެ ސިފަ ހުތުރުވީ ދަރިން ބެލުމުގެ މަސައްކަތުގައި ފިރިމީހާ އެހީތެރިނުވުމުން. ދަރިން ބަލަމުން ކަސްރަތު ކުރާނެ ވަގުތު ނުލިބޭތީ. ތަނަކަށް ދިއަނަމަވެސް ފިރިމީހާ ބަލާނީ ހިކި، ސިފަ ރީތި އަންހެނުންނަށް. ބުނާނެ ނިކަން ހިކިބަލާށޭ! ރީތިވެބަލާށޭ! އެކަމަކު އަހަރެންނަށް ވަގުތު ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރޭ! 

3 ދަރިން ލިބުނުފަހުން ވަރިނުކުރުން އެދި ރޮއި ދެފައިގަ ހިފާފަ އާދޭސްކުރަމުން ދަނިކޮށް ވަރިކޮށް އެއްލާލާފަ ނުކުމެގެން ދިއައީ. އެއިގެ 1 އަހަރުފަހުން ދެވަނަ ކައިވެނިކުރީ. އެއިރު އަހަރެންގެ ބަރުދަނުގެ 100 ކިލޯހުރި. އެބަރުދަން އުފުލަން އެއްބަސްވި މީހަކާ ކައިވެނިކުރީ. އޭނާ ގެއަށް ނޯކަރަކު ގެނެސްދީ އަހަރެންނަށް ވަގުތު ހުސްކޮށްދިން. އެހެންވެ ސިފަ ބަދަލުކޮށްލެވުނީ" 

"އެނާ އެބަބުނޭ! ތިއައީ އޭނާގެ 3 ދަރިންގެ މަންމައޭ. އެހެން މީހަކާ އިނދެގެން އުޅެވިގެން ނުވާނެއޭ. ލިބެންޖެހޭނީ އޭނާއަށޭ.! ކޮބައިތޯ މިކަމުގެ ޔިއަފަރާތުގެ ބަހަކީ؟" ސުވާލުކުރުމުން އަންހެން މީހާ ބުނީ "3 ދަރިންގެ ބައްޕަ 3 ދަރިންނަށާ 3 ދަރިންގެ މަންމަ އެހައިވަރަށް ހިތުގަ ޖައްސުވައި ރޮއްވީމަ 3 ދަރިންގެ ބައްޕައަށް ޙައްޤުވާނީ އަދަބު. އޭނާ ލާންޖެހޭނީ ޖަލަށް! ވައްދަންޖެހޭނީ އަހަރެންގެ ގެއަކަށް ނޫން.!" ކަމަށެވެ. 

3 ދަރިންގެ ބައްޕަ އަށް ދޭން ބެލުންތެރިންނަށް ފެންނަ އަދަބު ޚަބަރު ބެއްލެވުމަށްފަހު މެސެޖުކޮށްލައްވާ! 

ޒީރޯ ޓޮލަރެންސުން ނިޔުސްގެ މިރޭގެ 9ގަޑީގެ ޚަބަރު މިގެނެސްދިނީ ތިއަބޭފުޅުންގެ އެނައުންސަރު ޒީނާ- ބާއްޖަވެރި އުފާވެރި ރެއަކަށް އެދެން. ފަތިސް ނަމާދަށް ހޭލަން ގަޑިސޯނާކުރަން ހަނދުމަކުރައްވާތި! ނިދުމުގެކުރިން އަދަބު މެސެޖްކޮށްލައްވަން ހަނދުމަކުރައްވާތި.! ވައްސަލާމް ޢަލައިކުމް

މިއަދު އޮންލައިން