ކީރިތި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ ފޮތްތައް އަދިވެސް ދަރިވަރުންގެ އަތުގަ ހުރުމުން ޑރ.އިޔާޟް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ކީރިތި ޤުރްއާނަށް ބިރެއް ކުލުނެއް އިޙްތިރާމެއް ނެތް ތައުލީމީ ވަޒީރަކު މަޤާމުގައި އަދިވެސް ބަހައްޓާފައި ހުރި ސަބަބާއިމެދު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ގިނަ ބައަކު ބުނަނީ މިސަރުކާރުން އދ އަށް ގަންނަ ބިރު ނަރަކައިގެ އަލިފާނަށް ނުގަންނަ ކަމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށްވުރެ އދ ގެ ރުހުން މާބޮޑަށް ބޭނުންވާ ކަމަށެވެ.
"އަޅެ މިއީ ﷲ ތަޢާލާއަށް އެއްވެސް ވަރަކަށް ލޯބިވާ، ބިރުވެތިވާބައެއް ނަމަ ޞަފްޙާމަތީ ކަރުދާސް ތަތްކޮށްގެންވެސް ކުށްތައް ރަނގަޅުކުރާހާ ދުވަސްވެއްޖެ ނޫންތޯ؟"
"މިއީ ގްރޭޑް 1 ގެ ދަރިވަރުންނަށް ދުވާފާރު ޕްރައިމަރީ ސްކޫލް ގައި ދިން ފޮތް. އަދިވެސް މިހުރީ އާޔަތްތައް ނުބައިކޮށް."
ޑރ. އިޔާޟް މިމޭރުމުން ޓްވީޓްކުރައްވާފައިވަނީ ތައުލިމީ ވަޒީރަށް ޓެގްކުރައްވައެވެ.
މިއީ ގްރޭޑް 1 ގެ ދަރިވަރުންނަށް ދުވާފާރު ޕްރައިމަރީ ސްކޫލް ގައި ދިން ފޮތް. އަދިވެސް މިހުރީ އާޔަތްތައް ނުބައިކޮށް. @aisthly pic.twitter.com/3uQKcpaiia
— Dr.Mohamed Iyaz (@dr_iyaz) September 28, 2021