ނިދުމުގައި މައްސަލަތައް ކުރިމަތިވާ މީހުން ޤަވާއިދުން ކަސްރަތުކުރާށެވެ! ފަތިހު ތެދުވެ ދުވެލުން ފަދަ ކަމެއް ކުރާށެވެ! އަދި ރޭގަނޑު މަދުވެގެން 20 ވަރަކަށް މިނިޓް ހިނގާށެވެ! އެއީ ރެސްޓޯރަންޓަކުން ކައިގެން ހިގާފައި ގެއަށް އައުންކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ 2 އިރުވެސް ހަށިގަނޑަށް ކަސްރަތެއް ލިބުމެވެ.
ނަމަވެސް ރޭގަނޑު ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ރޭގަނޑު ކޮފީ ބުއިމަކީ ނިދިއައުން ދުރުކޮށްދޭ ކަމެކެވެ. އަހަރެން އިލްތިމާސްކުރާނީ ނިދުމުގެ 8 ގަޑއިރު ކުރިން ފެށިގެން ކެފެއިން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށެވެ.
ޑރ. ކޯޝީ ޖެން