އަނބިމީހާގެ ބޮލުގަ އަވަހަށް ނުރަޖެހުމުން ސިފަ ހުތުރުވެ ޝަކުވާކުރާއިރު އެކަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ފިރިމީހާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އަނބިމީހާގެ ބޮލުގަ އަވަހަށް ނުރަޖެހުމުން ސިފަ ހުތުރުވެ ޝަކުވާކުރާއިރު އެކަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ފިރިމީހާކަން އެނގޭތަ؟

ޒުވާން ޢުމުރުގައި އަނބިމީހާގެ ބޮލުގައި ނުރަޖެހުމުން ގިނަ ފިރިން ކަންބޮޑުވެއެވެ. ޝަކުވާކުރެއެވެ. ބޯކަޅުވެސް ކުރުވައެވެ. އަނެއްބައިފަހަރު ފޫހިވެ ވަރިވެސް ކުރެއެވެ. އެހެންކަމުން މިކަމާއި ގުޅިގެން ވަރަށް ގިނަ ދިރާސާތައް ވަނީ ކުރެވިފައެވެ. 

އެގޮތުން ކުރެވުނު ދިރާސާތަކުން އެނގިފައިވާ އެއްކަމަކީ އަނބިމީހާއަށް ހިތްދަތިކަމާއި ޕރެޝަރުގައި އުޅެންޖެހުމަކީ އަވަހަށް ނުރަޖަހަން މެދުވެރިވާ އެއްސަބަބު ކަމެވެ. މިގޮތުން ޒުވާން ޢުމުރުގައި ނުރަޖެހި 1200 އަންހެނުންގެ މައުލޫމާތު ދިރާސާކުރުމަށްފަހު ބުނެފައިވަނީ އެއިގެ ތެރެއިން 80 އިންސައްތަ އަންހެނުންނަކީ ފިރިމީހާގެ ސަބަބުން ހިތްދަތިކަމާއި އަދި ޕްރެޝަރުގައި މަސައްކަތްކުރަން ޖެހިފައިވާ އަނހެނުން ކަމެވެ. ޕްރެޝަރުގައި މަސައްކަތްކުރަންޖެހުން މާނަކޮށްފައިވަނީ ހަށިގަނޑަށް އޮބިނޯންނަ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހުމަށާއި ޓެންޝަނުގައި މަސައްކަތްކުރަންޖެހުމަށެވެ. 

އެރިޕޯޓް ނިންމާލަމުން ބުނެފައިވެއެވެ. 

"އެއްވެސް ކަމެއް މެދުވެރިނުވިނަމަވެސް ނުރަޖަހަންވުމުން ނުރަޖަހާނެއެވެ. އެކަމެއް ނުވެސް ހުއްޓުވޭނެއެވެ. ނަމަވެސް އަނބިންނަށް ހިތްދަތިކަމުގައި ދިރިއުޅެންޖެހުމާއި އޮބިނޯންނަވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުން ފަދަ ކަންކަމުން އެކަނބަލުން ސަލާމަތްކޮށްފިނަމަ ނުރަޖެހުން ލަސްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. 

ދިރާސާކުރުމުގައި ބައިވެރިވި ޑޮކްޓަރަކު ބުނެފައިވެއެވެ. "މިއީ ދިރާސާކުރުމުގެ ކުރިންވެސް އަހަރެންނަށް ޤަބޫލުކުރެވިފައި އޮތް ކަމެކެވެ. އަހަރެންގެ ރައްޓެހިންނާއި ފެނިދެނިވާ އަވަށްޓެރިންގެ ކަންކަމުންވެސް މިއީ ކުރިންސުރެ ވެސް ޤަބޫލުކުރެވިފައި އޮތް ގޮތެވެ. ފިރިންނަށް ކުރަން އޮތް އިލްތިމާސަކީ ނުރަޖަހަން ފެށުމުން އަނބިމީހާ ދެކެ ފޫހިވުމުގެ ބަދަލުގައި އަނބިން އުފަލުގައި ނިކަން ގެންގުޅެބަލާށެވެ! އެމީހުންނަށް ކުރެވޭވަރަށްވުރެ އިތުރަށް ނިކަން މަސައްކަތްނުކުރުވަބަލާށެވެ." 

މިދިރާސާގައި ބޮޑަށް ބުރަވެފައިވަނީ ގިނައިން ކަންކަމަށް ވިސްނަން ޖެހުމަކީ ނުރަޖެހުން އަވަސްވާ ސަބަބެއް ކަމަށެވެ. އަދި ގިނައިން ވިސްނަން ޖެހުމަކީ ބޮލުން އިސްތަށިފައިބަން މެދުވެރިވާ ސަބަބެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ނުރަ އާއިމެދު ދެކެވޭ ގޮތް ތަފާތުވިނަމަވެސް ނުރަޖެހުމަކީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ.  

މާތްﷲ ރުއްސުންލެއްވި ކަޢުބް ބުން މުއްރަތު އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ. 

"مَنْ شَابَ شَيْبَةً فِي الْإِسْلَامِ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ. " (سنن الترمذي( 1634 ) صححه الألباني في صحيح الترمذي .) 

މާނައީ: "އިސްލާމްކަމުގައި ހުރެ މީހެއްގެ އިސްތަށީގައި ނުރައެއް ޖަހަފިނަމަ އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއްކަމުގައެވެ."

GREY or WHITE HAIR A BLESSING DYE OR NOT

Narrated Abdullah ibn Amr ibn al-‘As (Radhiallahu’Anhu): “The ALLAH’s Apostle (Salallahu’Alayhiwassalam) said: Do not pluck out grey hair. If any believer grows a grey hair in Islam, he will have light on the Day of Resurrection. (This is Sufyan’s version). 

 

Yahya’s version says: Allah will record on his behalf a good deed for it, and will blot out a sin for it. “ [Abu Dawood, Book 33, Hadith # 4190]

މިއަދު އޮންލައިން