ދަނޑިއަލުވިން ހަށިގަނޑަށް ލިބޭ ފައިދާ ވަރަށް ގިނަ-

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 55ސ
ދަނޑިއަލުވިން ހަށިގަނޑަށް ލިބޭ ފައިދާ ވަރަށް ގިނަ-

ދަނޑިއަލުވީގެ ވާހަކަދައްކާނަމަ ގިނަބައަކު ފުންމައިގަންނާނީ ދަނޑިއަލުވި ބޯކިބާއަށެވެ. އެއީ ހަަމަ މީރުކަމުންނެވެ. ހަމައެއާއިއެކު ކޮށާފައި ތެލުލާފައި ހުންނަ ދަނޑިއަލުތްވަކީވެސް ވަރަށް ގިނަ ބައަކު ޝައުޤުވެރިވާ ކާނާއެކެވެ. 

އެހެންކަމާއިއެކުވެސް ފާހަގަކޮށްލަންބޭނުންވަނީ ތަފާތު ބައެއް ފައިދާތަކެވެ. 

ފުރަތަމަ ފައިދާޢަކީ އެއގައި ފައިބަރު ގިނަކަމުން ފެނުކައްކައިގެން ކެއުމުން ބަނޑުހަރުވުމުގެ މައްސަލަތައް ޙައްލުވެ ބޮޑު ކަމުދާން ފަސޭހަވާކަމެވެ. 

ހަމަ އެއާއިއެކު ފެނުކައްކައިގެން ކެއުމުން ހަކަތަ އިތުރުވެއެވެ. ލޭހިނގުމުގެ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ލޭދައުރުވުމުގެ ސްޕީޑްވެސް ކޮންޓްރޯލްކޮށްދެއެވެ. 

ދަނޑިއަލުތްވަކީ ހައްދަން އެންމެ ފަސޭހަ އެއްބާވަތެވެ. ބިމަށް ދަނޑިކޮޅެއް ހަރާލުމަށްފަހު ރޯވަންދެން ފެންފޮދެއް ދިނުމުން ފުދުނީއެވެ. ވިއްސާރަ މޫސުމުގައި އިންދުމުން ފެންދޭން ނުވެސް ޖެހޭނެއެވެ. މޫސުންދާއިރު އިންނާނީ ރޯވެފައެވެ. ރޯވުމުން އަމިއްލައަށް ހެދިބޮޑުވާނެއެވެ. 

އަދި ވިޔަފާރިއަކަށް ބެލިނަމަވެސް ދަނޑިއަލުވި ރޮލަށް ވިއްކައިގެންވެސް ރަނގަޅު އާމްދަނީ ހޯދެއެވެ. މީގެ އަހަރުތަކެއްކުރިން ރާއްޖޭގައި ދަނޑިއަލުވި ގިނަ ނަމަވެސް މިހާރު ވަރަށް މަދެވެ. ގިނައިން އެތެރެކުރަނީވެސް ބޭރު ޤައުމުތަކުންނެވެ.

މިއަދު އޮންލައިން