ދެމަފިރިންގެ މެދުގައި ކެޖޭ މައްސަލަތައް ގިނަވެ ވަރިފަށަށް އެރުން ޢާންމުކަމަކަށްވެފައިވާއިރު އަހަރެމެން ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ގެއަށްވަދެވުމާއިއެކު ކުއްލިއަކަށް ކެތްތެރިކަން ގެއްލިގެންދާ މައްސަލައެވެ. ކުޑަކުޑަ މިސާލެއް ކިޔައިދޭނަމެވެ.
ކޮންމެވެސް ތަނަކަށް ގޮސް ރާޒުވާކުޅެން 3، 4 ގަޑިއރު ހޭދަކޮށްފާނެއެވެ. ބޯޑުބަލަން އެހައިގިނައިރު އިންންނަން ފޫއްސެއްވެސް ނުވެއެވެ. ކެތްތެރިވެސްވެވެއެވެ. އަނެއްފަރާތުގައި ކުޅެން އިންނަ ޟީހާ ބައިގަޑިއިރުން ކުޅިއެއް ހަލުވާލިނަމަވެސް އެކަން ލަސްވެގެނެއްވެސް ނޫޅެއެވެ.
ނަމަވެސް އެނބުރި ގެއަށް އަންނައިރު ކާން ނުހެދި ހުރެއްޖެނަމަ ކެތްތެރިކަން ކޮޅުންލައެވެ. ދުލުން ނުގޮާނެ ނުބައި އެއްޗެއްވެސް ނޯވެއެވެ. ރާޒުވާކުޅެން އިންއިރު ހުރި ކެތްތެރިކަމުގެ އެއްވެސް މިންވަރެއް ނުދެއްކެއެވެ. އެންމެ ހިތާމަހުރިކަމަކީ ދަރިފުޅު ރޯތީ އުރައިގެން ހުންނަ އަނބިމީހާއަށް ދަރިފުޅު ބާއްވާފައި އައިސްވެސް އަވަހަށް ކާންހަދަން އެބަޖައްސުވައެވެ. އެކަމަކުވެސް ބުނަނީ ދަރިފުޅު ދެކެވެސް އަނބިމީހާ ދެކެވެސް އިންތިހާއަށް ލޯބިވާ ކަމަށެވެ.
މިދެއްކީ ވަރަށް ކުޑަކުޑަ ވަރަށް އާދައިގެ ކަމެއްގެ ވާހަކައެވެ. މިފަދަ ކިތަންމެ ގިނަ މިސާލުތަކެއްވެސް ދެއްކިދާނެއެވެ. އަހަރެން މިބުނާ ވާހަކައަކީ ގެއިން ބޭރުގައި ކަންކަން ކުރަން އިންތިހާއަށް ކެތްތެރިވާ ފިރުންނަށް ގެއަށް ވަދެވުމާއިއެކު ކަންކަން މިކުރެވެނީ ރަނގަޅަކަށް ނޫންކަމެވެ. ފިރިންވެސް އަނބިންވެސް ކެތްތެރިވާންވީ ހަމައެކަނި ގެއިން ބޭރަކު ނޫނެވެ. އަމިއްލ ގޭތެރޭގައިވެސް ތަންކޮޅެއް ބޮޑަށް ކެތްތެރިވެލާށެވެ! ކެތްތެރިކަން އިސްކުރެވިއްޖަނަމަ މައްސަލަތައް މަދުވާނެއެވެ. ވަރިއާއިހަމައަށް ދާން ނުވެސްޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން