އަކްބަރު ޓީވީގެ ކުއްލި ޚަބަރު: ހިތްހަމަޖައްސަން ކުރި މަސައްކަތުގެތެރެއިން ހިތްތާށިވި އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އަކްބަރު ޓީވީގެ ކުއްލި ޚަބަރު: ހިތްހަމަޖައްސަން ކުރި މަސައްކަތުގެތެރެއިން ހިތްތާށިވި އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ!

"އަކްބަރު ޓީވީން ކުއްލި ޚަބަރެއް މިގެނެސްދެނީ ހިތްތާށިވި އަންހެނަކު ދާދި ދެންމެއަކު ކުއްލި ގޮތަކަށް މަރުވި ޚަބަރުލިބުމާއި ގުޅިގެންނެވެ. ޑޮކްޓަރުން ބުނަނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު މަރުނުވާކަމަށާއި މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. 

އޭނާ ބެލި އިސް ޑޮކްޓަރު، ޑޮކްޓަރ ހެންރީ ބުނީ މަރުވީ 37 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވީ ނަފްސާނީ ޑޮކްޓަރުންދިން އިރުޝާދަށް ޢަމަލުކުރުމުން ކަމަށް ޤަބޫލުކުރެވޭ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް މިހާއަވަހަށް އިތުރު ތަފްޞީލްދޭން ވަނީ ދެކޮޅުހަދައިފައެވެ. 

މިކަމާއި ގުޅިގެން ޢާއިލާއިން މައުލޫމާތު ދިން އަންހެނަކު ބުނީ މީގެ ހައަކަ އަހަރުކުރިން އޭނާގެ ފިރިމީހާ ވަނީ ފިލައިގެން ގޮސްފައި ކަމަށެވެ. އަދި 4 ދަރިން ގޮވައިގެން އޭނާ ދިރިއުޅުނީ ވަރަށް ދަތިޙާލުގައި ކަމަށެވެ. 

"އެދުވަސްވަރު ބޯގޮވައި، ނުނިދިގެން ނަފްސާނީ ޑޮކްޓަރުންނަށް ދެއްކީމާ އިތުރަށް ބޯގޮއްވާލީ. ދަރިންކޮޅު އުކާލާފައި ބޭރުގައި އުޅެންފަށައިފި. ގުޅާހާ މީހަކާއެކު ފާޑުފާޑުގެ ޑިނަރތަކަށްދާން ފަށައިފި. ގެއަށް އަންނަނީ ދަންވަރު 3 ޖަހާއިރު، އަރިއަޅަމުން. ހޫރެމުންހޫރެމުން. މީގެ ކުޑަދުވަސްކޮޅެއް ކުރިން ހިތުގެ ޑޮކްޓަރު ބުނެފަ އޮތީ މިހެންވެދާނެކަމަށް. ފުރާނައަށް ނުރައްކާވެދާނެކަމަށް!"

ހިތުގެ ޑޮކްޓަރު ބުނީ "ހިތްހަމަނުޖެހިގެން ހިތްހަމަޖައްސައި ހިތަށް ފަރުވާދޭން ތިއަކުރާ ކަންކަންކުރީމާ ހިތް އެދަނީ ހަލާކުވަމުން. ހިތް އެދަނީ އެންލާޖްވަމުން. ފުފެމުން. އަހަރެންމީ ނަފްސާނީ ޑޮކްޓަރެއް ނޫން! އެހެންވީމާ ނަފްސާނީ ޑޮކްޓަރުން ބަލިމީހުން ހިތްހަމަޖައްސައިދޭހެން ހިތްހަމަޖައްސައިދޭކަށް މިޑޮކްޓަރަކަށް ނޭނގެ! މިޑޮކްޓަރަށް އެނގޭކަމަކީ ނަފްސާނީ ޑޮކްޓަރު ބުނެގެން ހިތްހަމަޖައްސަން ތިއަކުރާ ކަންކަމުން ހިތް އެދަނީ ހަލާކުވަމުންކަން. ކޮންމެ ވަގުތަކުވެސް ކިތަންމެ ބޮޑު ނުރަކަލެއް ކުރިމަތިވުމުގެ ނުރައްކާ މިހާރުވެސް ވަރަށް ބޮޑުކަން. ބަލައިގަންނާނީ ކޮން ޑޮކްޓަރެއްގެ ވާހަކަކަން ނިންމައިގެން ކުރިއަށްދިއައިމަ ފައިދާކުރާނީ."

ހޮސްޕިޓަލުން ބުނީ މަސައްކަތްކުރަނީ މިއަދު އޭނާގެ ޕޯސްޓްމޯޓޮމް ހަދަން ކަމަށާއި ރިޕޯޓް ލިބުމުން އަކްބަރު ޓީވީޢާ މައުލޫމާތު ހިއްޞާކުރާނެ ކަމަށް! ލިބުނުހާ އަވަހަކަށް ކިޔުންތެރިންނަށް ގެނެސްދޭނަން. އަކްބަރު ޓީވީގެ ކުއްލި ޚަބަރު އަޑުއެއްސެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ!"

މިއަދު އޮންލައިން