އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ ގދ.ތިނަދޫގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް އިމާރާތް ކުރި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާސްޓޭޝަންގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.
ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަޔާސްޓޭޝަންގެ މި އިމާރާތް ހުޅުއްވައި ދެއްވީ މިނިސްޓްރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓްރު ވިދާޅުވީ ތިނަދޫގައި ހުޅުވިގެން މިދިޔަ ފަޔަރ ސްޓޭޝަންގެ އައު އިމާރާތާއި ގުޅިގެން ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ އަތޮޅުތަކުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފަޔަރ ސްޓޭޝަން ޤާއިމް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކޮށްފައިވާ ބުުރަ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ގދ.ތިނަދޫގައި އިމާރާތްކުރި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާސްޓޭޝަނެްގެ އައު އިމާރާތް ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ