ފިރިމީހާއަށް ނަމަވެސް ލެޕްގެ ޕާސްވޯޑްދޭން ހެޔޮނުވާނެ! ޕާސްވޯޑް އެނގުމުން ގެއްލުވައިލީ ވަޒީފާ! ހެދީ އަޅަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ފިރިމީހާއަށް ނަމަވެސް ލެޕްގެ ޕާސްވޯޑްދޭން ހެޔޮނުވާނެ! ޕާސްވޯޑް އެނގުމުން ގެއްލުވައިލީ ވަޒީފާ! ހެދީ އަޅަކަށް!

އެއްކުންފުންޏެއްގައި މަސައްކަތްކުރާ ދެމީހުންނެވެ. ކައިވެނިކުރީވެސް އެކުގައި މަސައްކަތްކުރަމުންނެވެ. އެކުގައި އުޅެމުން އައީވެސް ވަރަށް ލޯބިންނެވެ.  

އެއްފަހަރަކު ކުންފުނިން ނިންމީ އެމަހު ކުރެވޭ މަސައްކަތްތަކަށް ބަލައި ކޮންމެވެސްއަދަދަކަށް ކުންފުނިން މުވައްޒިފުން މަދުކުރުމަށެވެ. އެހެންކަމުން ކޮންމެ މުވައްޒިފަކަށްވެސް އެމީހަކަށްވެވުނުހައި ރަނގަޅަކަށް މަސައްކަތްކުރަން އިލްތިމާސްކުރިއެވެ.  

އަނބިމީހާ އަކީ އަބަދުވެސް މަސައްކަތަށް ވަރަށް ފަރުވާތެރި އަންހެނެކެވެ. އެހެންވެ ވެރިން އަބަދުވެސް އަނބިމީހާއަށް ތަޢްރީފްކުރެއެވެ. އެއަޑުތައް އަހަން ފިރިމީހާއަށް ފަސޭހައެއް ނޫނެވެ. އަދި މިފަހަރު ކުރި އިލްތިމާސްގެދަށުންވެސް އަނބިމީހާއަށް ވަޒީފާގައި ހުރެވޭނެކަން ފިރިމީހާއަށް ޔަޤީންކުރެވެއެވެ. ނަމަވެސް އޭނާގެ ވަޒީފާ އަށް ވެދާނެ ގޮތަކާއިމެދު ހުރީ ކަންބޮޑުވެފައެވެ.  

ފިރިމީހާ ޢަމަލުކުރިގޮތް އެނގޭ ހެއްޔެވެ؟ އަނބިމީހާ ނިދުމުން އޭނާގެ ލެޕްޓޮޕް ހުޅުވައި އޭގައި ހުރި ލިޔުންތަކަށް އެއްކޮށްފައި ހުރި ޑާޓާތައް ބަދަލުކޮށްލީއެވެ. ކުރެހުމާއި ދިމާނުވާނެ ގޮތަށެވެ. ނަތީޖާއަކަށްވީ ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި އަނބިމީހާ ހިމެނުމެވެ. ފިރިމީހާގެ ވަޒީފާ ސަލާމަތްވިއެވެ. 

ފިރިމީހާގެ އަސްލުކުލަތައް ފެންނަން ފެށީ އެހިސާބުންނެވެ. އަނބިމިހާއަށް މުސާރަލިބުން ހުއްޓި ހުރިހާ ބާރުތަކެއް ލިބުމުންނެވެ. އަނބިމީހާގެ ވަޒީފާގެ ގެއްލުނުއިރު ބަލިވެ އިނދެ ބަނޑަށް 6 މަހެވެ. އެވަރުންވެސް އެކަމާ ދެރަ ނުވެ އުފާކުރީ ހުރިހާ ބާރުތަކެއް އޭނާއަށް ލިބުމުންނެވެ. އެހިސާބުން ގެއަށް ގަނެވޭ ތަކެތިވެސް ގިނަވުން ފަދަ މައްސަލަތައް ކުރިމަތިވާން ފަށައިފިއެވެ.  

އެކަންކަމަކަށް އަނބިމީހާ އަޅައެއް ނުލައެވެ. ނަމަވެސް އޭނާ ލެޕްޓޮޕުން ކުރި މަސައްކަތް ފޭލްވި މައްސަލަ ދިރާސާކުރަން ބޭނުންވިއެވެ. ދިރާސާ ކުރިއިރު ޑާޓާއް އޮޅުވާލައި ބަދަލުކޮށްފައިވަނީ ޕްރޮޖެކްޓް ހުށަހަޅަންޖެހޭ ދުވަހުގެ ކުރީ ރޭ ދަންވަރުއެވެ. އެގަޑީގައި އޭނާގެ ލެޕްޓޮޕްގައި އަތްލެވޭނެ ހަމައެކަނި މީހަކީ ފިރިމީހާއެވެ. 

އަނެއް ދުވަހު ހެނދުނު ތެދުވެ ފިރިމީހާ އޮފީހަށް ދިއުމުން ފަހަތުން އަނބިމީހާވެސް ދިއައެވެ. އަދި ކުންފުނީގެ ވެރިންނާއި ބައްދަލުކޮށް އޭނާ ހުށަހެޅި ޕްރޮޖެކްޓަށް ދިމާވި މައްސަލަ ކިޔައިދީ އެކަމުގެ ހެކި ދެއްކިއެވެ. އަދި ވެރިންގެ ކުރިމަތީގައި އަޞްލު މައުލޫމާތު ހިމަނައި ވެރިންނަށް ޕްރޮޖެކްޓް ހަދިޔާކުރިއެވެ. 

އެއީ ކުންފުންޏަށް ވަރަށް ބޭނުންތެރި ޕްރޮޖެކްޓަކަށް ޝުކުރުވެރިކަމާއިއެކު ވެރިން ޕްރޮޖެކްޓް ބަލައިގަތެވެ. އިތުރު ޕްރަމޯޝަނަކާއިވެސް އެކު ވަޒީފާވެސް އަނބުރައި ދިނެވެ. ހަމައެއާއިއެކު ފިރިމީހާ ވަޒީފާއިން ވަކިކޮށް ގެއަސް ފޮނުވާލިއެވެ. އެއީ އެވަރުގެ މަކަރުވެރިކަން ބޮޑު މީހަކަށް އިތުބާރު ނުކުރެވޭނެތީއެވެ.  

އެދުވަހުގެ މަސައްކަތް ނިންމާފައި ގެއަށް ގޮސް ފިރިމީހާއަށް ބުންޏެވެ. "ތިވަރުގެ ނުބައި ނުލަފާ މަކަރުވެރިއަކު، ބައްޕަގެ ގޮތުގައި އަހަރެންގެ ދަރިފުޅަށް ދައްކާކަށް ބޭނުމެއް ނޫނެވެ. ވީމާ މިހާރު ތިއަހެރީ އަހަރެމެން ދެމައިންގެ ވަޒީފާއިންވެސް ވަކިކޮށްފައެވެ. ހަމަ މިހާރު މިގެއިން ނުކުމެގެންދާށެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި އަޅުގަނޑު ހިތަށް އެރީ އިންސާނުންގެ ހިތުގައި މިފެންވަރަށް ދަހިވެތިކަން އުފެދިފައިވާނަމަ އެބައެއްގެދަރަޖައަކީ ކޮބައިހެއްޔެވެ؟ މިސާލަކަށް އޭނާގެ އަނބިމީހާގެ ވަޒީފާ ގެއްލުވާލަން އެކަންކުރިއިރު ޚުދު އޭނާގެ ވަޒީފާ ދިފާޢުކުރެވޭނެ ކަމުގެ ގަރަންޓީއެއްވެސް ނެތެވެ. ދެމަފިރިންގެ ވަޒީފާ އެކުގައި ގެއްލުނުނަމަ ވާނީ ކިހިނަކުންހެއްޔެވެ؟ މިހިރީހަމަ ވިސްނައިލުން ރަނގަޅު ކަންކަން ނޫންތޯއެވެ؟ 

އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވީ މިފަދަ ކަންކަމަކީ ގޭތެރޭގެ އިތުރުން ހަމަ އޮފީސް ތެރެއިން ހިނގައިފާނެ ކަންކަމެވެ. ވީމާ ފިރިމީހާއަށްވެސް އަދި އެއްވެސް މީހަކަށް ލެޕަށް އެކްސެސް ނުވެވޭނެ ގޮތް ހެދުން މަޖުބޫރުނޫންތޯއެވެ؟ 

- މިލޫ / މިއަދުނޫހުގެ ކިޔުންތެރިއެއް.

މިއަދު އޮންލައިން