އެމްއެންޑީއެފް މިއަދުވެސް އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅުން ފެނުނީ ހަތިޔާރެއް ނަމަ އެ ހަތިޔާރު ފުލުހުން އަމިއްލައަށް ނަގައިގެން ގެންދިއައީ ކޮން ޤާނޫނަކުން އެކަން ކުރަން ފުލުހުންނަށް ހުއްދަ ލިބިގެން ކަމާއިމެދުގައެވެ.
ރަސްމީ ގޮތުން މިކަމުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ ވެރިން މިހައި ތަނަށް ބަސްފުޅެއް ވިދާޅުނުވި ނަމަވެސް މިކަން ބޮޑުވުން އަދިވެސް އޮތީ ދިރިދިރިކަން މިއަދުނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.
މި މައްސލައަށް އަވަހަށް ނަމަވެސް ލަހުން ނަމަވެސް ޖަވާބު ނުދީ އެކަންކުރި ފުލުހުންނަށާއި އޮޕަރޭޝަން ކޮމާންޑުގައި ތިބި އޮފިސަރުންނަށް ސަލާމަތެއް ނުވެވޭނެއެވެ. މިއީ ކުރިމަތިލާންޖެހޭނެ މައްސަލައެކެވެ. މާތް ﷲ ވާގިފުޅާއިއެކު މިކަންކަން ބެލޭނެ ދުވަހެއް އަންނާނެއެވެ.