އިސްރާއީލު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް އިއްޔެއިން ފެށިގެންދެމުން އަންނަ ވައިގެ ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި ހަމާސްގެ 'އަލްއަޤްޞާ' ޓީވީ ސްޓޭޝަން ގޮއްވާލައި އެ ސްޓޭޝަން އެއްކޮށް ފުނޑުފުނޑު ވެއްޖެއެވެ.
އެނަޑޯލޫ ނިއުސް އެޖެންސީން ބުނިގޮތުގައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޓީވީ ސްޓޭޝަންގެ އިމާރާތަށް 10 މިސައިލް ފޮނުވާލާފައި ވެއެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އިމާރާތް ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. އަދި އެ އިމާރާތު ކައިރީގައި ހުރި ގިނަ ގެތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް، ހަބަރު ލިބެއެވެ.
ހަމަލާގެ ކުރިން އިންޒާރު ދިނުމަށް ބަޑީގެ ހަމަލާ ދިނުމުން ތަނުގެ މުވައްޒަފުން ތަން ދޫކޮށް ގޮސްފައިވާތީ އެއްވެސް މީހަކަށް ގެއްލުންވެފައި ނުވެއެވެ