ބާޒާރުގަ ފިޔާގެ އަގު އެންމެ ބޮޑަށް އުފުލުނުއިރުވެސް އެންމެ ހެޔޮއަގުގަ ވިއްކި އުފަންވެލި ޝޮޕްތަކުން މިހާރުވެސް ވިއްކަނީ އެންމެ ހެޔޮ އަގުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ބާޒާރުގަ ފިޔާގެ އަގު އެންމެ ބޮޑަށް އުފުލުނުއިރުވެސް އެންމެ ހެޔޮއަގުގަ ވިއްކި އުފަންވެލި ޝޮޕްތަކުން މިހާރުވެސް ވިއްކަނީ އެންމެ ހެޔޮ އަގުގަ!

ބާޒާރުގައި ފިޔާގެ އަގު އެންމެ ބޮޑަށް އުފުލުނުއިރުވެސް އެންމެ ހެޔޮއަގުގަ ވިއްކި އުފަންވެލި ޝޮޕްތަކުން މިހާރުވެސް ފިޔާ ވިއްކަނީ އެންމެ ހެޔޮ އަގުގައެވެ. 

ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއަށްވުރެ މައްޗަށް ދިއުމުންވެސް ކިލޯއެއް 25 ރުފިޔާއަށް ވިއްކަމުން އައި އުފަންވެލި ޝޮޕްތަކުން މިހާރު ކިލޯއެއް ވަކިން ވިއްކަނީ 22 ރުފިޔާއަށެވެ. އަދި ބަސްތާ ގަތުމުން ކިލޯއެއް 20 ރުފިޔާއަށެވެ. 

ފިޔާގެ އިތުރުން ކުރީ ހަފްތާގައި އަގުހެޔޮކުރި ކުކުޅުގެ ބާވަތްތައްވެސް ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހެޔޮއަގުގައި ވިއްކަން ނިންމައިފައެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ އެކުންފުނިން އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަކީ ވީހާ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ތަކެތި ލިބޭނެ ގޮތް ހަމަޖެއްސުންކަމަށެވެ. ތަފާތު ޕްރަމޯޝަންތައް އަބަދުވެސް ކުރިއަށް ގެންދަނީ އެސަބަބަށްޓަކައި ކަމަށެވެ.

 

މިއަދު އޮންލައިން