ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ތަމްޞީލުކުރައްވާ 13 މެންބަރަކު، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއާއި ގުޅިވަޑައިގެންފިއެވެ.
ސޮއިކުރެއްވި މެމްބަރުންނަކީ:
– މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
– ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު
– މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
– އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
– ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
– ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް
– މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
– މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
– ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
– މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
– ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
– ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
– ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް
މި މެމްބަރުން ޕީއެންސީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެވެ.
މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޝާޒްއާއި ނިހާދު އަދި ހަސަން ޝިޔާން ރަށުގައި ނޫޅުއްވާތީ މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.