މއ. ސެމީޑީލް ގޭގެ 3 ވަނަ ފަންގިފިލާގައި ރޯވި އަލިފާން ނިއްވަން މަސައްކަތްކުރި 3 ސިފައިންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާދޭން ސެނެހިޔާހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޚަބަރު ލިބޭ ގޮތުން އަދިވެސް އަލިފާން އެކުގައި ނިއްވިފައެއް ނުވެއެވެ.

އިތުރު ބައެއް ފަންގިފިލާތަކަށްވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. ރޯވި އަލިފާށންގަނޑު 3 ވަނަ ފަންގިފިލާއަށްވެސް ވަނީ ފެތުރިފައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.