ތައްޔާރުތަ؟ ސެމްސަންގް S24 ސީރީޒްގެ ޕްރީ އޯޑާ އުރީދޫއިން މިރޭ ކުރެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތައްޔާރުތަ؟ ސެމްސަންގް S24 ސީރީޒްގެ ޕްރީ އޯޑާ އުރީދޫއިން މިރޭ ކުރެވޭނެ!

އުރީދޫ މޯލްޑިވްސްއިން ސެމްސަންގް S24 ސީރީޒް ގެ ޕްރީ-އޯޑާއަށް ހުޅުވާލައިފިއެވެ.

ސެމްސަންގް S24 ސީރީޒްގައި 3 މޮޑެލް ހިމެއެވެ. އެއީ ސެމްސަންގް ގެލެކްސީ  S24، ސެމްސަންގް ގެލެކްސީ  S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ  S24 އަލްޓްރައެވެ.

އުރީދޫއިން ބުނެފައިވާގޮތުން ކަސްޓަމަރުންނަށް ޕްރީ-އޯޑާ ކުރަން ފެށޭނީ 19 ޖަނަވަރީ 2024ގެ މެންދަމު 00:00އިން ފެށިގެން 6 ފެބްރުއަރީ 2024އަށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށްނެވެ. ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކެއް ލިބޭނެއެވެ.

1.    ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް

2.    ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ

3.    އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފަރ

4.    އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފަރ

5.    ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗަރ

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. 

މިއަދު އޮންލައިން