ފެހިއާފަލުގެ އަގު ކުރިއަށްވުރެވެސް ހެޔޮކޮށް، އިނގުރާ ކުކުޅުގެ ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ހެޔޮކޮށްފި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފެހިއާފަލުގެ އަގު ކުރިއަށްވުރެވެސް ހެޔޮކޮށް، އިނގުރާ ކުކުޅުގެ ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ހެޔޮކޮށްފި-

އުފަންވެލި ޝޮޕްތަކުން ފެހިއާފަލެއް އެންމެ 2 ރުފިޔާއަށް އަގުހެޔޮކޮށް އަދި ގިނައިން ގަންނަފަރާތްތަކަށް 250 ރުފިޔާއަށް ކޭހެއް ވިއްކަން ފަށައިފިއެވެ. މީގެ އިތުރުން އިނގުރު ކިލޯއެއްގެ އަގު 40 ރުފިޔާއަށް އަގުހެޔޮކޮށް އަދި 10 ކިލޯގެ އިނގުރު ކޭހެއް 360 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. 

މީގެ އިތުރުން ކުކުޅުގެ ބައެއް އުފެއްދުންތައްވެސް ގެންދަނީ ހެޔޮއަގުގައި ވިއްކަމުންނެވެ. 

ޗިކަން މަލާއި ކަބާބް، ޝިކަން ޑްރޭގަން ކަބާބް، ޗިކަން ހަރިޔާލި ކަބާބް، ޗިކަން ޢަރަބިއަން ސްޕައިސްޑް ކަބާބް،  މިއިން ކޮންމެ ބާވަތެއްގެވެސް 500 ގްރާމްގެ ޕެކެޓެއް ވިއްކަނީ އެންމެ   16 ރުފިޔާއަށެވެ.

ޗިކަން ތަންދޫރީ ޑަރަމްސްޓިކްގެ 500 ގްރާމްގެ ޕެކެޓެއްވެސް އަދި އަދި ޗިކަން ސްޕައިސީ ވިންގްސްގެ 500 ގްރާމްގެ ޕެކެޓެއްވެސް ވިއްކަނީ އެންމެ 16 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތަކުން ބުނެފައިވަނީ މިޚާއްޞަ ޕްރަމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިފެށޭ ފެބްރްވަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

އުފަންވެލި ޝޮޕްތަކުން ގެންދަނީ ކާބޯތަކެތީގެ ތަފާތު ގިނަ ބާވަތްތައް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުންނެވެ.

 

މިއަދު އޮންލައިން