ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން އުރީދޫން 100 މިލިޔަން ރުފިޔާ ދޭން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން އުރީދޫން 100 މިލިޔަން ރުފިޔާ ދޭން ނިންމައިފި

ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން އުރީދޫން 100 މިލިޔަން ރުފިޔާ ދޭން ނިންމައިފިއެވެ.

މިކަން ހާމަކޮށްދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ, 2005 ވަނަ އަހަރު އެ ކުންފުނިން ލައިސަންސް ދިންއިރު ނިންމާފައިވަނީ އުރީދޫގެ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށް ދެއްކުމުގެ އިތުރުން ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ފައިދާގެ އެއް ޕަސެންޓް ދައްކާ ގޮތަށް ކަމަށެވެ.

މި ސަރުކާރުން ނިންމާފައިވަނީ ޓެލެކޮމް ޚިދުމަތް ރާއްޖޭގައި ދެން ހިންގަމުން އަންނަ ކުންފުނި, ދިރާގުއާ އެއްވަރަށް, ޖުމްލަ ފަސް ޕަސެންޓް ސަރުކާރަށް ނެގުމަށް ކަމަށެވެ. މިކަން ކުރުމާއެކު ދިވެހި ރައްޔިތުންގެ ހިއްސާވާ އުރީދޫން ސަރުކާރަށް ދައްކާ އެޑްވާންސް ޓެކްސް 100 މިލިއަން ރުފިޔާ 200 މިލިއަން ރުފިޔާއަށް ބަދަލު ވެގެންދާނެ އެވެ. އަދި ތެލެސީމިއާ ހޮސްޕިޓަލް އަޅަން އެ ކުންފުނިން 100 މިލިއަން ރުފިޔާގެ އެހީއެއްވެސް ދޭނެ ކަމަށެވެ.

 

މިއަދު އޮންލައިން