ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ރައްޔިތުންގތެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން، ސަރުކާރުގެ 3 ވަޒީރުންނަށް ވޯޓު ނުދިން ސަބަބު ބުނެނުދެވޭ ކަމަށާއި ވަކިފަރާތަކުން އެންގީމާ ނުދިނުން އެއީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ރުހުން ނުދިން 3 މެންބަރުންގެ ތެރެއިން ޚާއްޞަކޮށް އިސްލާމީ ވަޒީރު އަދި ދައުލަތުގެ ބަންޑާރަ ނައިބަށް ވޯޓުނުދޭން ދެއްކޫނެ އެއްވެސް ބަހަނާއެއް ނެތްކަމަށެވެ.
"މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ ރައްޔިޔތުން. އެކަމަކު އިންތިޚާބުވީމާ ވޯޓު މިދެނީ އަންނަ ފޯނުކޯލަކަށް، ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން. މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން. ފަހަރެއްގައި މިގޮތަށް މިކަންތައް ކުރީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އެކްޓިވިސްޓުންގެ ވޯޓުކޮޅެއް އިތުރުވެދާނެކަމުގެ އުންމީދުގަކަމަށްވެދާނެ. އެކަމެއް ނުވާނޭ އިނގޭތޯ! ރައްޔިތުން އެކަން ބަލައެއް ނުގަންނާނެއޭ އިނގޭތޯ!"
އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ގެންދަވަނީ އެމްޑީޕީން މަޖިލީހުގައި ވޯޓުދިން ގޮތާއިމެދު ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. ޚާއްޞަކޮށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމަށް އެމިނިސްޓްރީގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ގެއްލުވާލަން އެމްޑީޕީގެ އިސްވެރިން ނިންމުމުން މިއަދު ޤައުމު މިއޮތް ޙާލަތު އެނގިނިމިއްޖެ ކަމަށްވެސް އެބޭފުޅުން އެގެންދަވަނީ ވިދާޅުވަމުންނެވެ.
ޔާ ﷲ! މިދިވެހި އުންމަތުން އިސްލާމްދީން ނިކަމެތިކުރަން ޢަދުއްވުން ރާވާ މަކަރުވެރިރޭވުންތަކުން އަޅަމެން ސަލާމަތްކުރައްވަވާނދޭވެ! އާމީން