އުރީދޫގެ އަހަރީ އާންމު ޖަލްސާ މާރިޗު މަހު ބޭއްވުމަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާރިޗު މަހު ބޭއްވުމަށް ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ (2023 ވަނަ އަހަރުގެ) ލިބިވަޑައިގަންނަވާނީ، 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވާކަމަށާއި މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށެވެ. 

އުރީދޫ މޯލްޑިވްސް އިން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ކަމަށާއި މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން