ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

ފުލުހުންގެ ހާއްސަ ކޮމާންޑަރުން ކަނޑައަޅާފައިވާކަން ހާމަކުރައްވާފައިވަނީ މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނާއި އެކީ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި ފަހުމާނާމާގައި އަލީ ޝަޖުާއު ސޮއި ކުރައްވާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ނައިބު ރައީސް، އިސްމާއީލް ހަބީބެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއް ކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުންގެ ހިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން މަސައްކަތްތައް އިތުރަށް ތަންފީޒު ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިެވެ.

"އިންތިހާބުގައި ފުލުހުންނާއި ހަވާލު ކުރެވިފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދޭނެ" ޝުޖާއު ވިދާޅުވިއެވެ.

މިއަދު ސޮއި ކުރެވުނު ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫން ވެސް ކަންކަމުގައި އީސީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުމައި ދެފަރާތުން އަމަލު ކުރާނެ ގޮތްތައް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން