އަތޮޅު ދުވުން ގޭމް ކުޅެގެން ސެމްސަންގް ގެލެކްސީ އެސް24 ފޯނެއް

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އަތޮޅު ދުވުން ގޭމް ކުޅެގެން ސެމްސަންގް ގެލެކްސީ އެސް24 ފޯނެއް

އުރީދޫއިން 2024 ގެ ކަލަންޑަރާއެކު ތައްޔާރުކުރި ގޭމް، "އަތޮޅު ދުވުން"ގައި ފެބުރުއަރީ އަޕްޑޭޓާއެކު ލީޑަރބޯޑު ތައާރަފުކޮށްފިއެވެ.

މިހާރު އަތޮޅު ދުވުން ކުޅޭ ފަރާތްތަކުގެ މެދުގައި ލީޑާރބޯޑު މެދުވެރިކޮށް އެންމެ މަތީ ޕޮއިންޓް ލިބޭ 10 ފަރާތް ފެންނަން ހުންނާނެއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު މިވަނީ އަތޮޅު ދުވުމުގެ ޕާޓްނަރަކަށް ސެމްސަންގް އައިކަން އިއުލާނުކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަތޮޅު ދުވުމުގައި ފެބްރުއަރީ މަސް ނިމޭއިރު ލީޑާރބޯޑުގެ އެއްވަނައަށް ދާފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 24 އަލްޓްރާ ފޯނެއް ލިބިގެންދާނެއެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފެބުރުވައީ މަހު އަތޮޅު ދުވުން ގޭމުން ފެނިގެން ދާނީ ހދ. ކުޅުދުއްފުއްޓެވެ.

މިއަދު އޮންލައިން