މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް.

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފިއެވެ. ދޯހާ މެރެތަން އޮންނާނީ 16 ފެބުރުއަރީގައި ގަތަރުގައެވެ.

މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 4 ފެބުރުއަރީއިން ފެށިގެން 10 ފެބުރުއަރީގެ 00.00އާއި ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި 21 ފަރާތް 11 ފެބުރުއަރީގައި އިއުލާނު ކުރާނެއެވެ. 

ލަކީ ޑްޜޯގައި ބައިވެރިވުމުގެ ޝަރުތުތައް:

- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 ފެބުރުއަރީ 2023އިން ފެށިގެން

- ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން)، މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.

- ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން

- 10 ފެބުރުއަރީ 2024ގެ 00.00ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން 

ލަކީޑްރޯގައި ބައިވެރިވުމަށް، ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާ:

ore.do/dohamarathon

ދޯހާ މެރެތަންއާ ގުޅޭ އިތުރު މައިލޫމާތު ހޯދުމަށް:

https://www.dohamarathonooredoo.com/

މިއަދު އޮންލައިން