ރޯދަމަހުގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ކޮމިޓީން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ރޯދަމަހުގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން ކޮމިޓީން ފާސްކޮށްފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންގެ ފަހުން މަޖިލިސް އިންތިޚާބު ބާއްވަން މަޖިލިސް ކޮމިޓީން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީއަށް ފޮނުވާފައިވަނީ ވެސް އެ ޖަލްސާގައެވެ.

މިބިލުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އިސްލާހުގައިވެއެވެ.

 

މިއަދު އޮންލައިން