ކާގޯ ކްލިއަރެންސް ނިޒާމު 2 ދުވަހުން ކުރި މަސައްކަތް 2 ގަޑިއިރަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ކާގޯ ކްލިއަރެންސް ނިޒާމު 2 ދުވަހުން ކުރި މަސައްކަތް 2 ގަޑިއިރަށް!

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެއަރ ކާގޯ ކްލިއަރެންސްގެ ނިޒާމު އޮޓޮމޭޓުކުރުން ކޮށް 2 ދުވަހުން ކުރި މަސައްކަތް 2 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މިކަމާގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ސިމާޙް ވިދާޅުވީ "މުދާ ނެރެން ކަސްޓަމްސްއަށް ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ލިބުމާއި ހަމައަށް ނަގާނީ 3 ސިކުންތު. އަދި ޖުމްލަ ހައްލަކަށް، މުދާ ކްލިއަރކުރުމުގެ ނިޒާމު ފުރިހަމަވުމަށް ކުރިން 2 ދުވަސް ނެގި ނަމަވެސް، މިހާރު ނަގާނީ 2 ގަޑިއިރު." ކަމަށެވެ.

މިނިޒާމުގެ ތެރެއިން މުދާ ނަގާއިރު އެމްއޭސީއެލްއިން ދޭ ނަންބަރެއް، ކަސްޓަމްސްގެ ޕޯޓަލްއެއްގައި ޖަހާލުމުން ޕޯޓަލްގެ ތެރެއިން، މަޢުލޫމާތު ޗެކްކޮށް މުދާ ދެވޭނެކަމަށާއި އަދި ކުރިންކުރި ކަރުދާހީ މަސައްކަތްތަކާއި، މެނުއަލްކޮށް، މުދަލުގެ ވެރިޔާގެ މަޢުލޫމާތު ރަނގަޅުތޯ ބެލި ބެލުން މިހާރު ކުރިއަށްދާނީ އޮޓޮމެޓިކޮށްކަމަށް ސިމާޙް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން