މިސަރުކާރުން މަޖިލިހަށް 24 ބިލު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
މިސަރުކާރުން މަޖިލިހަށް 24 ބިލު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 24 ބިލެއް ފޮނުވަން ސަރުކާރުން ނިންމައިފި އެވެ.

މަޖިލިހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮންމެ ދައުރަކަށް ހުށަހަޅަން ނިންމާ ބިލްތަކުގެ ލިސްޓެއް ސަރުކާރުން މަޖިލިހަށް ފޮނުވަން ޖެހެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން އިއްޔެ އެ ލިސްޓު މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އޭގައި މި ދައުރަށް ހުށަހަޅަން ސަރުކާރުން ގަސްދުކުރާ 24 ބިލެއް ހިމަނާފައި ކަމަށެވެ.

ސަރުކާރުން ހުށަހަޅާ ބިލުތައް:– ބިމުގެ ބިލް

  •  – ބޯހިޔާވަހިކަމުގެ ބިލް
  •  – ރިއަލް އެސްޓޭޓް
  •  – އާބަން ޕްލޭނިން އާބަން ޑިވެލޮޕްމަންޓް
  •  – ނަފުސާނީ ސިއްހަތުގެ ބިލް
  •  – ސިއްހީ ހިދުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ކޮޕީ ރައިޓް ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ދަތުރުފަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލް
  •  – ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ބިލް
  •  – ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ފޮރިން އިންވެސްޓްމަންޓް ބިލް
  •  – ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – މާލީ ސެކިއުރިޓީ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
  •  – ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
  •  – ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ ބިލް
  •  – ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު
  •  – މީޑިއާ ކޮމިޝަން ބިލް
  •  – ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

 މި ސަރުކާރު ވެރިކަމަށް އައީ އެންމެންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޮޑު ވައުދާ އެކު ކަމަށް ވާއިރު، ރައީސް ޑރ. މުހައްމަދު

މުއިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

މިއަދު އޮންލައިން