އެފްއާރުއެސްއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
އެފްއާރުއެސްއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 4 އަދި 5 ގެ ލިޓްލްމެއިޑް ދަރިވަރުންނަށް ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 

ދަރުމަވަންތަ ސްކޫލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ސެޝަންގައި އެ ސްކޫލުގެ 50 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ

ގޮތްތައް ދެނެގަތުން، އަލިފާން ރޯވެފައިވާ މީހަކު ފެނިއްޖެނަމަ އަމަލުކުރާނެ ގޮތާއި އަމިއްލަ ގައިގައި އަލިފާން ރޯވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އިތުރުން އަލިފާނުގެ ސަބަބުން ފިހޭ ގޮތްތައް ވެސް ކިޔަވައިދީފައިވެއެވެ. މި ސެޝަންތަކުގައި ދަރިވަރުންނަށް މަޢުލޫމާތުދީފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.

މިއަދު އޮންލައިން