މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފަިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށެވެ. ފައިސާ ގެއްލުނު މީހާގެ އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 1.8 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ "ކުރެވުނު މަސައްކަތުން 48 ގަޑިއިރު ތެރޭގައި އަޅުގަނޑުމެންނަށް ވަނީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސެންޓު ރިކަވާ ކުރެވިފައި. އެގޮތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުމާ އެކު އަޅުގަނޑުމެން ބޭންކުތަކާ ގުޅިގެން ހޯލްޑު ކުރެވިފައި ހުރި ފައިސާ އާއި ވިޔަފާރި މުއާމަލާތްތައް މި ފައިސާއިން ކޮށްފައި ހުރި ތަންތަނުގެ އެހީތެރިކަމާ އެކުގައި އެ ފައިސާ އާއި އަދި އަޅުގަނޑުމެން މި ތުހުމަތު ކުރެވޭ ފަރާތެއްގެ، ދިރިއުޅޭ ތަން ބަލައި ފާސްކޮށްގެން ހޯދިފައިވާ ފައިސާ މީގެ ތެރޭގައި ހިމެނޭނެ" ކަމަށެވެ.