އަތޮޅު ދުވުމުގެ އެއްވަނައަށް ދާ ފަރާތަށް އުރީދޫގެ ފަރާތުން ދެމީހުންގެ އުމްރާ ދަތުރެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަތޮޅު ދުވުމުގެ އެއްވަނައަށް ދާ ފަރާތަށް އުރީދޫގެ ފަރާތުން ދެމީހުންގެ އުމްރާ ދަތުރެއް!

މާރިޗު މަހު އަތޮޅު ދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް އުމްރާ ދަތުރެއް ލިބޭ ކަމަށް އިއުލާނުކޮށްފިއެވެ.

"އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ. ގޭމްގެ މާރިޗު އަޕްޑޭޓް 1 މާރިޗު 2024 ގެ 00:00އިން ފެށިގެން ލިބިވަޑައިގަންނަވާނެއެވެ. އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ.

އަތޮޅު ދުވުމުގެ މާރިޗު މަހުގެ ޕާޓްނަރ އަކީ ޤިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މިޕާޓްނަރޝިޕުގެ ދަށުން އުރީދޫއާޢި ގުޅިގެން މިމަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބިގެންދާނެއެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރ ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެއެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

މާރިޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެންދާނީ ނ. ލަންދޫއެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ނ. ލަންދޫއެވެ.

މިއަދު އޮންލައިން