ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތުގެ 3 ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތުގެ 3 ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފަރއެއް ކުރިއަށް ގެންދެއެވެ. ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާރފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާރވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

މިގޮތުން ފުރަތަމަ 3 ހަފްތާގެ ނަސީބުވެރިންނަށް ވަނީ އިނާމު ހަވާލުކުރެވިފައެވެ. ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބިވަޑައިގަތީ 203 ލީޓަރުގެ ރެފްރިޖެރޭޓަރއެކެވެ. ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނެވެ. އަދި ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ސޯފާއެއް ލިބުނެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެއެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާރިޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. 

މިއަދު އޮންލައިން