އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވޭ: ފުލުހުން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވޭ: ފުލުހުން

ށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވޭ ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން ފުލުހުންނާއި އޭސީސީން ކުރިއަށްގެންދިޔަ ތަހުޤީޤާއި ގުޅޭގޮތުން ނޫސްވެރިންނަަށް މައުލޫމާތޫ ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށާޢި އެ ޓްރާންސެކްޝަންތަކުގެ ހަގީގަތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ގޮތުން ތަހުޤީގުކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވިޔަސް، އެ މައްސަލައިގެ ތަހުގީގަށް ގިނަ ކަންތައްތަކެއް ހާމަވެފައިވާކަމަށާއި މިހާތަނަށް ފާހަގަވެފައި ވަނީ ދައުލަތުގެ ފައިސާ ރޯލް ކުރަންވާ ގޮތަށް ނުވަތަ ދައުލަތުގެ ފައިސާ ބޭނުން ކުރަންވާ އެންމެ އާދައިގެ މިންގަނޑާ ވެސް ހިލާފަށް އާރްޑީސީގެ ފައިސާ ބޭނުންކޮށްފައިވާ ކަން ކަމަށް ނާފިޒު ވިދާޅުވިއެވެ.

"ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް އިންވޯލްވާ މައްސަލައެއް" ނަމަވެސް މިވަގުތު އެއްވެސް މީހެއްގެ ނަން ހާމަ ކުރެވެން ނެތް ކަމަށް ނާފިޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން