މައްޗަންގޯޅި ގެއެއްގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 31ސ
މައްޗަންގޯޅި ގެއެއްގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ

މައްޗަންގޯޅި ގެއެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މއ. ޒޫނާމަންޒިލްގައެވެ. އެހާދިސާގެ މައުލޫމާތު އެމްްެންޑީއެފް އަށް ލިބިފައިވަނީ މިރޭ 22:14 ހާއިރު ކަމަށެވެ. 

އަލިފާން ނިއްވުމަށް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ އެގޭގެ ކޮޓަރިއެއްގައެވެ. އެކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިއަދު އޮންލައިން