ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމާ ޠަލްޙަތު ޙަސަން ހަވާލުވެވަޑައިގެންފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 29ސ
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމާ ޠަލްޙަތު ޙަސަން ހަވާލުވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޢައްޔަންކުރެވުނު ގ. ސާޓަނުގެ، މޭޖަރ (ރޓޑ) ޠަލްޙަތު ޙަސަން މަޤާމާ ހަވާލުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތެއްގައި ޠަލްހަތު ވަނީ މަގާމުގެ ހުވާކުރެއްވުމަށްފަހު ގަރާރުގައި ސޮއި ކުރައްވާފައެވެ.

ޠަލްހަތު ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މޭޖަރ ޖެނެރަލްގެ މަގާމުގައި ރިޓަޔަރ ކުރައްވާފައެވެ.

މިއަދު އޮންލައިން