ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެއްބައިވަންތަ ރޫޙެއްގައި މަސައްކަތްކުރުން މުހިންމު ކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމަށް ގެނައުމަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހުރިހާ ސަޕޯޓަރުންވެސް މަސައްކަތްކުރީ ވަރަށް ބަދަހިކަމާއި އެއްބައިވަންތަކަމާއެކު ކަމަށާއި ޔަޤީންކުރަނީ ރިޔާސީ އިންތިޚުބުގައި ދެއްކެވި ޖޯޝާއި ފޯރި، މަޖިލިސް އިންތިޚާބުގައި ވެސް ދައްކަވާނެކަމަށެވެ.
އިދިކޮޅުން ސަރުކާރަށް ކުރާ ދޮގު ތުހުމަތުތަކުން ރައްޔިތުން ސަލާމަތްވާންޖެހޭކަމަށް ވިދާޅުވެ، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ކިޔައިދިނުމަށް ކޯލިޝަންގެ ސަޕޯޓަރުންކުރާ މަސައްކަތަށް ނައިބު ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.