ދުޅަހެޔޮ ޞިއްހަތަކަށް މަލްޓިވިޓަމިން ބޭނުންކުރުން- ވިސްނާލަންޖެހޭ ކަންކަން އެބަހުރި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދުޅަހެޔޮ ޞިއްހަތަކަށް މަލްޓިވިޓަމިން ބޭނުންކުރުން- ވިސްނާލަންޖެހޭ ކަންކަން އެބަހުރި!

ޑޮކްޓަރުނގެ ލަފައާއިއެކު، ދޭލަފައާއި އެއްގޮތަށް މަލްޓިވިޓަމިން ބޭނުންކުރުމަކީ ޖުމްލަގޮތެއްގައި ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ. މަލްޓިވިޓަމިން ބޭނުންކުރި ނަމަވެސް ހަށިގަނޑަށް ފައިދާކުރާނެ  ކާނާ ކެއުން އިތުރުކޮށް، ޞިއްޙީ ދުޅަހެޔޮކަން ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ. 

ހަމައެކަނި މަލްޓިވިޓަމިނަށް ބަރޯސާ ނުވާށެވެ! ދިރާސާތަކުން އެނގޭ ގޮތުގައި މަލްޓިވިޓަމިން ބޭނުންކުރާ އެންމެންކަށް އެކަމުން މާބޮޑު ފައިދާއެއް ނުކުރެއެވެ. ނަމަވެސް ފައިދާހުރި ކާނާ ބޭނުންކުރާނަމަ އެކަމުގެ ފައިދާ ކުރެއެވެ. 

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ހަނދާނާއި ކޮގްނިޓިވް ފަންކްޝަން އަށް މަލްޓިވިޓަމިންސް އެހީތެރިވެދެ އެވެ. ނަމަވެސް އެންމެންނަކަށް ނޫނެވެ. 3 މީހަކުން އެކަކަށެވެ. 

ދިރާސާތަކުން ފާހަގަކުރެވޭ ގޮތުގައި ގޮތުގައި މަލްޓިވިޓަމިންސް އަކީ ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރާ ފަދަ ދުޅަހެޔޮ ދިރިއުޅުމުގެ ކަންތައްތަކުގެ ބަދަލެއް ނޫނެވެ. މަލްޓިވިޓަމިން އަކީ ކޮމްޕްލިމެންޓަރީ ރޯލެއް އަދާކުރާ ހާއްސަކޮށް ކާނާގެ ބައެއް ދަތިކަން ހުންނަ މީހުންނަށް އެހީތެރިވެދެވޭނެ އެއްޗެކެވެ. 

މިކަންކަމަށް ނުބަލައި ރަނގަޅު އެއްޗެތި ކެއުމަށް ދޭންޖެހޭ ސަމާލުކަން ނުދީ ހަމައެކަނި މަލްޓިވިޓަމިން ބޭހަށް ސަމާލުކަން ދިނުމަކީ ޙައްލެއް ނޫނެވެ. އެކަން ޤަބޫލުކުރަން އެބަޖެހެއެވެ. 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

 

މިއަދު އޮންލައިން