އިސްލާމް ދީން ނައްތައިލުމަށްޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި، އެ ކަމަށް ފަރުވާތެރިވެ، ސަމާލުވާން ޖެހެއެވެ! ދީނުގެ ކަންކަން މޮޅަށް އުނގެނި ޢަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބޭންޖެހެއެވެ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެ މީހުންގެ ދީނާ ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުމެވެ. އެގޮތުގެ މަތީގައި ސާބިތުވެ ތިބެއްޖެ ނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެއެވެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنَ لَنْ تَضِلُّوْ مَا تَـمَسَّكْتُمْ بِـهِمَا : كِتَابَ اللهِ وَسُنَّةَ نَبِيِّهِ z)[2] މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެއެއްޗެއް ދޫކުރައްވައި ވަޑައިގަންނަވަމެވެ. އޭގައި ހިފައިފި ހިނދަކު ހަމަހިލާ ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެތެވެ. އެއީ، اللهُ سُبْحَانَهُ وَتَعَالَىގެ ފޮތާއި އެކަލާނގެ ނަބިއްޔާ zގެ ސުންނަތެވެ."
ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތް ﷲ އިޞްލާޙު ކުރައްވާނެތެވެ. ދެދުނިޔޭގެ ޢިއްޒަތާއި ޝަރަފު އެކަލާނގެ އަހަރެމެންނަށް ދެއްވާނެތެވެ. އަހަރެމެން އެއާ ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެތެވެ. އިސްލާމް ދީން ދޫކޮށް، ކާފިރުކަންމަތީ މަރުގަންނަވާ މީހުން، އެމީހުން ކުރި ހުރިހައި ޢަމަލެއް ބޭކާރުވީއެވެ. އޭރުން އެމީހުން ދާއިމަށް ތިބޭން ޖެހޭނެ ތަނަކީ ނަރަކައެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީ ނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާ ހަނގުރާމަކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކުކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."