އާޔަތުލްކުރުސި ކިޔެވުމުން ނުލިބޭ ފައިދާއެއް ނެތް! ހުރިހާ ނުރައްކާތަކުން ސަލާމަތްވެވުމުގެ އިތުރުން ހިތާމަތަކުން ސަލާމަތްވެވި އުފާވެރިކަންވެސް ލިބޭ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 24ސ
އާޔަތުލްކުރުސި ކިޔެވުމުން ނުލިބޭ ފައިދާއެއް ނެތް! ހުރިހާ ނުރައްކާތަކުން ސަލާމަތްވެވުމުގެ އިތުރުން ހިތާމަތަކުން ސަލާމަތްވެވި އުފާވެރިކަންވެސް ލިބޭ!

އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތްކަން މުސްލިމުންނަށް އެނގެއެވެ. ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކުވެސް އާޔަތުލްކުރުސި އެތައް ފަހަރަކު ކިޔަވައެވެ. އެއިގެ ތެރޭގައި ދެއިރުގެ ޛިކުރުތަކުގެ ތެރޭގައާއި ނިދަންވުމުންނާއި ކޮންމެ ފަރުޟު ނަމާދަކަށްފަހުގައި ކިޔެވުންވެސް ހިމްނެއެވެ.  

އަދި ކިޔެވުމުން ލިބޭ އިތުރު ފައިދާ ތަކުގެ ތެރޭގައި ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަން ހިތަށް ގެނެވުމާއި އެމީހެއްގެ ހިތުގައި ﷲ ތަޢަލާގެ ޙަޟްރަތަށް ލޯބި އުފެދުމާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްކަން ލިބުމާއި ސިޙުރު ހާގޫރަތަކުން ސަލާމަތްވުމުގެ އިތުރުން ހާސްވުމާއި ކަންބޮޑުވުންތަކުން ސަލާމަތްކަން ލިބުންވެސް ހިމެނެއެވެ.  

ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހިފައިވާ މިއަދުގެ ދިރިއުޅުމުގައި ގިނަ ފަހަރަށް ސްޓްރެސް ބޮޑު މިދުނިޔޭގައި އަޅުގަނޑަށް ފެނިފައިވަނީ އަޔަތުލް ކުރުސީ ކިޔުމުން ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ހަމަޖެހުން ލިބޭ ކަމެވެ. މަސައްކަތުގެ ޕްރެޝަރުތަކާއި، އަމިއްލަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވިޔަސް، ނުވަތަ ހަމައެކަނި ދިރިއުޅުމުގެ އުފަލާއި ހިތާމައިގެ ޙާލަތުތަކާއި ކުރިމަތިލުމުގައި ވިޔަސް، މި އާޔަތަކީ ރޫޙާނީ ބާރެއްގެ ގޮތުގައި ޚިދުމަތްލިބޭ އާޔަތެކެވެ. 

ދުވަހުން ދުވަހަށް ކުރާ ކަންކަމަށް ހަމަޖެހުން ގެނެވޭނެ ގޮތެއް ހޯދަން ބޭނުންނަމަ ސްޓްރެސްގެ ވަގުތުތަކުގައި އަޔަތުލް ކުރުސީ ކިޔަން މަސައްކަތް ކުރާށެވެ. އާޔަތުގައިވާ ބަސްފުޅުތަކުން  ތިބާގެ ސިކުނޑިއާއި ހިތް މަރުކަޒުކުރާ ގޮތް އޮންނަނީ ހަގީގަތުގައި މުހިންމު ކަންތައްތަކުގެ މައްޗަށެވެ. الله އަށް އީމާންވުމުގެ މައްޗަށެވެ.  

ކުޑައިރުއްސުރެ ކުށަކުދިންނަށް އާޔަތުލްކުރުސިއާއި މާނަ ދަސްކޮށްދީ ކުޑަކުދިންގެ ހިތުގައި އަޔަތުލް ކުރުސީގެ މުހިންމުކަން އާލާކުރުވުމަކީ މުޅި އުމުރަށް އެކުދިންނަށް އެކަމުގެ ފައިދާ  ލިބިގެންދާނެ ކަމެކެވެ. އަހަރެންނަށް ފެނިފައިވަނީ އެފަދަ ވާހަކަތަކާއި ސާދާ ބަޔާންތައް ހިއްސާކުރުމަކީ އެމީހުންނަށް މާނަހުރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭ ކަމެއްގެ ގޮތުގައެވެ. 

ނިދުމުގެ ކުރިން ދަރިންނާއި އެކުގައި އާޔަތުލްކުރުސި ކިޔުމަކީ އަޅުގަނޑުމެންގެ ހިތާއި ގޭގޭގައި އެ ސަގާފަތް ދިރުވައި އާލާކުރުމުގެ ރީތި ގޮތެކެވެ. 

އަޔަތުލް ކުރުސީ އަކީ ހަމައެކަނި އާޔަތަކަށްވުރެ މާ ބޮޑު އެއްޗެކެވެ؛ އެއީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ސުލްހައާއި ރައްކާތެރިކަމާއި ޔަޤީންކަން ލިބިގަތުމަށް الله  ތަޢާލާގެ ޙަޟްރަތުން އޮތް ހަދިޔާއެކެވެ. އޭގެ މާނަ ވިސްނައި، ކޮންމެ ދުވަހަކުވެސް އެކަން ތަންފީޒުކޮށް، އަޅުގަނޑުމެންގެ ލޯބިވާ މީހުންނަށް އެކަން ދަސްކޮށްދިނުމުން، އޭގެ ފުރިހަމަ ނިޢުމަތްތައް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެއެވެ. 

އަޔަތުލް ކުރުސިކިޔަވަން އަލަށް ފަށާ މީހަކު ކަމުގައި ވިޔަސް ނުވަތަ އަހަރުތަކެއް ވަންދެން އެތަން ލޯބިކޮށްގެން އުޅުނު ކަމުގައި ވިޔަސް، އެއީ ދިރިއުޅުމުގެ މައިގަނޑު ބަޔަކަށް ހެދުމަށް އަޅުގަނޑު ބާރުއަޅަމެވެ. އޭގެ ބާރަކީ ހަގީގަތުގައިވެސް ވަގުތު ފާއިތުނުވާ، އީމާންތެރިކަމުގެ ދަތުރުގައި ރައްކާތެރިކަމެއް ފޯރުކޮށްދޭ ބާރެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން