އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ!

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
އިސްރަށްވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ 16:00 އިން 17:30އަށެވެ.

ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނުވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން