ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ނިންމާލައިފި

ކުރިގެ ރައީސް މުހައްމަދު ނަޝީދު ތޭރަ އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް އަލުން ރިވިއު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް، ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މިއަދު ކުރިއަށްދިޔަ އަޑު އެހުމުގައި، އެ މައްސަލަ ބެއްލެވީީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

މިއަދު ކުރިއަށް ދިޔައީ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. ނަމަވެސް، މި އަޑު އެހުން ނިންމާލަމުން ފަނޑިއާރުން ކަނޑައެޅީ މި މައްސަލައިގައި އިތުރު ޝަރީއަތުގެ އަޑު އެހުމެއް ނުބޭއްވުމަށެވެ. އެހެންކަމުން، ދެން އޮންނާނީ މި މައްސަލައިގައި ހުކުމް އިއްވުމެވެ. ނަމަވެސް، ހުކުމް އިއްވާނެ ތާރީހެއް ފަނޑިއާރުންގެ ބެންޗުން ހާމަކޮށްފައި ނުވެއެވެ..

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައެވެ.

.

މިއަދު އޮންލައިން