ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި "ބްލޫ ލެގޫން" ނަމަކަށް ކިޔާ ސަފާރީއެއް ދަރަވަންދޫ ނެރަށް އަރައިފިއެވެ.
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދާން އޭރިޔާގެ ކޯސްޓުގާޑު ސްކޯޑަންގެ ހާބާރ ކްރާފްޓު ލޯންޗު ވަނީ ވަގުތުން ހަރަކާތްތެރި ވާން ފަށާފައެވެ.
މި ހާދިސާ ހިނގި އިރު ސަފާރީގައި 13 ފަތުރުވެރިންނާއި 14 ފަޅުވެރިން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ސަފާރީ ފުންކުރުމުގެ މަސައްކަތް މިހަރު އަންނަނީ ކުރަމުންނެވެ.