މިފަދައިން ދުޢާ ކުރާ މީހަކަށް އުފާވެރިކަން ދެއްވަވާނެ! ފާފަތައް ފުއްސަވައި ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މިފަދައިން ދުޢާ ކުރާ މީހަކަށް އުފާވެރިކަން ދެއްވަވާނެ! ފާފަތައް ފުއްސަވައި ސުވަރުގެ ވައްދަވާނެ! އިން ޝާ ﷲ

ޔާ ﷲ! މިއަޅާގެ ފާފަތައް ގިނައިރުވެސް،  އިނބަ ރަސްކަލާންގެ ރަޙްމަތްފުޅާ ބަރަކާތް އެންމެ މަތިވެރި ވެގެންވާކަން މިއަޅާ ޤަބޫލުކުރަމެވެ.

ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ގެ ޙަޟްރަތަށް ދާންޖެހުނީ އުޑާހަމައަށް އަރާހާ ގިނަ ފާފަތަކާއިއެކު ނަމަވެސް މިއަޅާއަށް ފާފަ ފުއްސަވައިދެއްވަވާނެ ކަމަށް އިނބަ ﷲ ވަޢުދުވެ ވޮޑިގެންވިއެވެ. 

ޔާ ﷲ! މިއަޅާ ބަލިކަށިވާ ވަގުތު މިއަޅާއަށް ބާރު ދެއްވާންދޭވެ. މިއަޅާއަށް ކުރިއަށް ދާނެ މަގު ނޭންގޭ ޙާލަތުގަ އިނބަ ﷲ ގެ އަލިކަމުން މިއަޅާއަށް މަގު ދައްކަވާންދޭވެ.

ޔާ ﷲ! މިއަޅާ ކިތަންމެ ގިނަ ފަހަރަކު ވެއްޓުނު ނަމަވެސް، (لا إله إلا الله) މި ކަލިމަ ދުލުގައި ވާ ހާލު މިއަޅާ ތެދުވެ ސާބިތު ކުރައްވާންދޭވެ. 

ޔާ ﷲ! އިނބަ ﷲ ގެ ފުއްސެވުން ނުލިބޭހާ ދުރުގައި ވާކަމަށް މިއަޅާއަށް ޝައިޠާނަ ވިސްނައިދިނަ ނުދެއްވާންދޭވެ. އިނބަ ﷲ ގެ ބަރަކާތް ކަނޑުތަކަށް ވުރެ ފުޅާވެގެން ވެއެވެ، ސުވަރުގެއަށްވުރެ ފުން ވެގެންވެއެވެ. އަދި މި އަޅާއަށް ސިފަ ކޮށްލެވޭވަރަށް ވުރެ މާ ގިނައެވެ.  

ޔާ ﷲ! ކުދިކުދި ވެފައިވާ ކޮންމެ ހިތެއްގެ އަޑު އަހާ އެ ހިތަށް ޝިފާ ދެއްވާންދޭވެ. އަނދިރީގައި އޮހޭ ކޮންމެ ކަރުނައެއްގެ ބަދަލުގައި އުފާވެރިކަން ލައްވާންދޭވެ. ކޮންމެ ފާފަވެރިއަކަށް، މަރުގެ ވަގުތު އައިސް ޖެހުމުގެ ކުރިން ތައުބާގެ ދޮރު ހުޅުއްވަވައިދެއްވަވާންދޭވެ.

ޔާ ﷲ! ސުވަރުގޭގައި ވާ މީހުންގެ ތެރެއިން އަޅާމެން ލިޔުއްވާންދޭވެ. އަޅަމެންގެ ޢަމަލުތަކުގެ ސަބަބަކުން ނޫނެވެ. އެހެނަސް އިބަ ﷲ ގެ ދީލަތިވަންތަކަމާ ރަޙްމަތްފުޅާއި ބަރަކާތުގެ ސަބަބުންނެވެ. އާމީން

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން