ތަނަވަސް އަންހެނަކާ ކައިވެނިކުރަން ލިބުނު ފުރުޞަތު އެންމެ ފަހު ވަޤުތު ގެއްލެން މެދުވެރިވި ސަބަބު- ކޮންމެ މީހަކަށްވެސް ޢިބްރަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތަނަވަސް އަންހެނަކާ ކައިވެނިކުރަން ލިބުނު ފުރުޞަތު އެންމެ ފަހު ވަޤުތު ގެއްލެން މެދުވެރިވި ސަބަބު- ކޮންމެ މީހަކަށްވެސް ޢިބްރަތެއް!

އެއީ ދެލޯބިވެރިންނެވެ. އަންހެން މީހާއަކީ ތަނަވަސް މީހެއްގެ ދަރިއެކެވެ. ފިރިހެން މީހާޢަކީ ފަޤީރު މަންމައެއްގެ ހުރި އެންމެ ދަރިފުޅެވެ. މަންމަ ކުރާ މަސައްކަތަކީ ގޭގޭގައި ނޯކިރީ ކުރުމެވެ. ނޯކިރީކޮށްގެން ލިބޭ މިންވަރުން ކިޔަވައިދީ ދަރިފުޅު ކޮލެޖަށް ވެސް ފޮނުވިއެވެ. 

މަނމްއަށް އެންމެ އަސަރުކުރި އެއްރެއަކީ ކޮލެޖުގެ ގްރެޖުއޭޝަން ސެރަމަނީއަށް މަންމަ ނުގެންދިއަ ރެއެވެ. އެއީ އެކުވެރިންނަށް މަނަމައަކީ ފަޤީރެއްކަން އެނގިދާނެތީއެވެ. ލޯބިވެރިޔާގެ ގާތުގައިވެސް މަންމައަކީ ތަނަވަސްކަންހުރި އަންހެނަކުކަމަށް ބުނަމުން އަންނާތީ އެކަން ބޭޒާރުވެދާނެ ކަމުގެ ބިރަށެވެ. 

އެއްވެސް ދޮގަކީ އަބަދަށް ސިއްރުވާނެ ކަމެއް ނޫނެވެ. ބޭޒާރުވާނެ ދުވަހެއް އަންނާނެއެވެ. އޭނާ ހަދަމުން އައި ދޮގު ފަޅާއެރީ ކައިވެނިކުރަން ތައްޔާރުވެ ވަރަށް ގާތްވެފައިވަނިކޮށެވެ. ލޯބިވެރިޔާއާއިއެކު އޭނާގެ އެކުވެރިއެއްގެ ގެއަށް ދެވުނު ދުވަހަކުއެވެ. ސިއްރުކުރަން މަސައްކަތްކުރަނިކޮށްވެސް އެގޭގައި މަސައްކަތްކުރަނީ މަންމަކަން ބޭޒާރުވުމުންނެވެ. 

ވަޤުތުން އަންހެން ކުއްޖާ ބުންޏެވެ. "އަހުރެންގެ މަންމައެއް ނެތެވެ. އަހުރެން އެންމެ ބޮޑަށް ދެރަވަނީވެސް މަންމަ ނެތީތީއެވެ. ތިބާގެ މަންމަ ހުރެ ތިބާގެ މަންމަގެ ޙަޤީޤަތް އޮޅުވާލައިފީމުއެވެ. ތިބާއަކީ ފަޤީރަކަށްވެހުރެ ތިބާގެ ޙަޤީޤަތްވެސް އޮޅުވާލައިފީމުއެވެ. ބުނަން ހެއްޔެވެ؟ ތިބާ ފަޤީރަކަށްވުމަކީ އަހުރެންނަށް އެއްވެސް މައްސަލައެއް ނޫނެވެ. އެންމެންނަށް ލިބޭނީ އެއްވަރަކަށް ނޫނެވެ. 

ތިބާގެ މައްސަލައަކީ މަންމަގެ ޙަޤީޤަތް އޮޅުވައިލި ކަމެވެ. ތިބާގެ ފެންވަރު އޮޅުވައިލިކަމެވެ. އެވަރުގެ މީހަކު އެއްވެސް ކަމެއްގައި ތެދެއް ބުނެފާނެކަމަށް ޤަބޫލުކުރުމަށްވުރެ މޮޔަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަހުރެން ތިބާދެކެ އިންތިހާއަށް ލޯބިވަމެވެ. އެކަމަކު ދެން އެކުގައި ކުރިއަކަށްނުދާނަމެވެ. މިހިސާބުން އެކަން ނިމުނީއެވެ." 

ހުރިހާ އެކުވެރިންގެ ކުރިމަތީގައި އެޒުވާނާ އަންހެންކުއްޖާގެ ދެފައި ަމއްޗަށް ވެއްޓި އާދޭސްކުރުމުންވެސް އޭނާގެ ނިންމުން ބަދަލުނުރީތީ ރޮއި ކަރުނައަޅާށެވެ. 

ވަރަށް ކުރުގޮތަކަށް މިކިޔައިދެނީ ޢިބްރަތަކަށް ފުދޭނެވަރުގެ ޙާދިސާއެއްގެ ވާހަކައެކެވެ. އަހުރެން އުންމީދުކުރަނީ މިވާހަކަކޮޅަށް ވިސްނާނެ ކަމަށެވެ. ކަމަކަށް ކިތަންމެ ބޮޑަށް ބޭނުންވިޔަސް ތިމާގެ ޙަޤީޤަތް އޮޅުވައިނުލާނެ ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން