ލޯބިވާ މީހާއާ ކައިވެނިކުރަން، ވަޒީފާ ނުލިބިގެން ނުވަތަ އެހެންވެސް ކަމެއް މެދުވެރިވެގެން ޙިޖާބް ނެގުމާއިމެދު ސުވާލުކުރާ އަންހެނުންނަށް މިގެނެސްދެނީ ޢިބްރަތްތެރި ފިލާވަޅެކެވެ. ކިޔާލައި ވިސްނުންތެރިކަމާއެކު ޢަމަލުކުރާށެވެ!
އަހުރެންގެ ދަރިންގެ ބައްޕަގެ ގާތުން ވަރިވީމާ ވަރަށް ބޮޑު އިމްތިޙާނެއް ކުރިމަތިކުރުވިއެވެ. އެވަޤުތު އަހުރެންހުރީ ވަރަށް އަތްމަތި ދަތިކޮށެވެ. ދުއްވާނެ ކާރެއްވެސް ނެތެވެ. ދަރިން ސްކޫލަށް ގެންދަންވެސް ދަތިތަކެއް ހުއްޓެވެ.
އެވަޤުތު އަހުރެން ބޭނުންވާ ކޮންމެ ކާރެއްވެސް ގަނެދޭން ބައްޕަ ހުށަހެޅިއެވެ. ނަމަވެސް ޝަރުޠަކީ އަހުރެންގެ ޙިޖާބް ނެގުމެވެ. އަހުރެންގެ ބައްޕައަކީ މުސްލިމެއް ނޫނެވެ. މުސްލިމެއް ނޫން ނަމަވެސް އިސްލާމް ދީނަށް އުޅުމަށް އެއްވެސް ހުރަހެއް ނުއަޅައެވެ. އެހެންވެ ދީން ދޫކުރާ ވާހަކައެއް ނުދައްކައެވެ. ދެއްކީ ޙިޖާބުގެ ވާހަކައެވެ.
އަހުރެން ވިސްނީމެވެ. މިއީ ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެކެވެ. އެއްކޮޅުގައި ދީނެވެ. އަނެއްކޮޅުގައި ކާރެވެ. އަހުރެން ކާރުދޫކޮށްލީއެވެ. ނިންމީ ދީނުގައި ޘާބިތުވެ ހުރުމަށެވެ. ޙިޖާބް ނުނެގުމަށެވެ. އެއިގެ ހަމަސްދުވަފަހެވެ. ދެވަނަ ފިރިއަކު ވަނީ ލިބިފައެވެ. ގޭގައި އެންމެ އަގުބޮޑު 4 ކާރު އެބައޮތެވެ. ބޭނުންކާރަކަށް އަރައިގެން ދުއްވަންވީއެވެ. ޑްރައިވަރުންވެސް ތިބެއެވެ.
އަހުރެން ދުނިޔޭގެ ހުރިހާ މުސްލިމުންނަށްވެސް ބުނެލަން ބޭނުންވަނީ ކިތަންމެ ބޭނުން އެއްޗެއް ހޯދަންވެސް، އަދި ކިތަންމެ ބޭނުންކަމެއް ޙާޞިލްކުރަން ނަމަވެސް ދީނާއި ދުރުނުވާށެވެ! އެއިރުން ﷲ ތަޢާލާ ދެއްވަވާނެ ނިޢުމަތްތައް މާފުރިހަމަވާނެއެވެ! އިން ޝާ ﷲ
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ ކިޔުންތެރިންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމުގެ އުންމީދުގައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް