ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ސުވަރުގެ ލިބުން އެދިގެން ކުރާ މަސައްކަތަށްވުރެ ދުނިޔެ ހޯދަން ކުރާ މަސައްކަތް އިތުރުވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ސުވަރުގެ ލިބުން އެދިގެން ކުރާ މަސައްކަތަށްވުރެ ދުނިޔެ ހޯދަން ކުރާ މަސައްކަތް އިތުރުވުން-

އެއްވެސް ކަމެއްގައި އެންމެންނަށް ނިޞްބަތްކުރުމެއް ނެތެވެ. އެއީ އިސްތިސްނާވާނެ މީހަކު ހުރެދާނެކަމަށްޓަކައެވެ. ނަމަވެސް މިއަދު ބުނެވެން އޮތީ އެންމެންވެސް ބޮޑަށް މަސައްކަތްކުރަނީ ދުނިޔެ ހޯދަން ކަމަށެވެ. ސުވަރުގެ ހޯދަން މަސައްކަތްކުރާ މީހުންނަށްވެސް މަސައްކަތްކުރެވެނީ ވަރަށް ކުޑަކޮށް ކަމަށެވެ. މިބުނަނީ ކުރަންޖެހޭ ވަރާއި ގާތަކަށްވެސް ސުވަރުގެ ހޯދަން މަސައްކަތް ނުކުރެވޭ ވާހަކައެވެ.  

ޙަދީޘްފުޅުން އެނގެން އޮތީ މިއީ ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތެއްކަމެވެ. މައްސަލައަކީ ޤިޔާމަތްވުން ގާތްވުމެއް ނޫނެވެ. އެކަމަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ. މައްސަލައަކީ ސުވަރުގެ ހޯދަން ކުރަންޖެހޭ ވަރަށް މަސައްކަތްނުކުރެވުމެވެ. އެކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ.  

މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެއްވެސް މީހެއްގެ ހިތް ފުރޭވަރަކަށް ދުނިޔެއެއް ނުލިބޭނެއެވެ. އެއީ ކިތަންމެ ބޮޑަށް ނުވަތަ ކިތަންމެ ގިނައިން ލިބުނަސް ހިތް ނުފުރޭނެތީއެވެ. ކިތަންމެ ގިނައިން ލިބުނަސް ހިތް ނުފުރޭނެތީއެވެ.  

ވީމާ ލިބޭ މިންވަރަށް ޝުކުރުވެރިވާށެވެ! އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރާށެވެ. އެމީހަކަށް ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން  

މިއަދު އޮންލައިން