އެންމެ ފުރިހަމައަށް އަޅުކަން ނުކުރެވޭތީ މާޔޫސް ނުވާށެވެ! ސުވަރުގެ ހޯދަން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ އެއްވެސް އަޅަކު މާޔޫސް ނުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެންމެ ފުރިހަމައަށް އަޅުކަން ނުކުރެވޭތީ މާޔޫސް ނުވާށެވެ! ސުވަރުގެ ހޯދަން އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ އެއްވެސް އަޅަކު މާޔޫސް ނުކުރައްވަވާނެ! އިން ޝާ ﷲ

ކޮންމެ މީހަކީ އެންމެ ގިނައިން އަޅުކަންކުރެވޭ މީހަކަށް ނުވެދާނެއެވެ. ނަމާދުގައި އެންމެ ފުރިހަމައަށް ޚުޝޫޢަތްތެރި ނުވެވިވެސްދާނެއެވެ. މާޔޫސް ނުވާށެވެ! ފުރިހަމަނުވާބައި ފުރިހަމަކުރަން މަސައްކަތްކުރާށެވެ! ކުރާއަޅުކަން ގިނަކުރަން މަސައްކަތްކުރާށެވެ. ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ.  

އެކަންކަން ޙާޞިލްކުރެވެން ހުރި ހުރަސްތައް ގިރާކުރަންވެސް މަސައްކަތްކުރާށެވެ! ފާފަކުރުމާއި ދުރުހެލިވާން މަސައްކަތްކުރާށެވެ. ތިމާއަށް ޙައްޤު އެއްޗެއް ނޫނީ ލިބި ނުގަންނަން މަސައްކަތްކުރާށެވެ. ޙަލާލް އެއްޗެއް ނޫނީ ކައިބޮއިނުހަދާށެވެ. ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރާށެވެ!  

އަދި ކީއްހެއްޔެވެ؟ އަހުރެމެންގެ ކިބައިގައި ހުންނަ ބަލިކަށިކަމުން ފާފައެއް ކުރެވުނަސް އޮތީ މާޔޫސްވެ ފަސްޖެހި މޫނު އަނބުރައިލުމެއް ނޫނެވެ. ތައުބާވުމަށް އަވަސްވެގަތުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ އެކަމަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމެވެ.  

ފުރަތަމަ ކަމަކަށްވެސް ހިތް ޠޯހިރުކޮށް އިޚްލާޞްތެރިކުރާށެވެ! ޢަމަލުތައް ސީދާކުރެވޭނީ އެއިރުންނެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުކަން ދެއްވަވާނީވެސް އެއިރުންނެވެ. ހިތް ޠޯހިރުކޮށް ޢަމަލުތައް އިޚްލާޞްތެރިކުރަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން