ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގަ އެންމެ މަތީ ދަރަޖަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގަ އެންމެ މަތީ ދަރަޖަ-

ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގެ ވާހަކަ އަހަރެމެން ދައްކަމުއެވެ. އަދި އިޚްލާޞްތެރިވާންވެސް މަސައްކަތްވެސް ކުރަމުއެވެ. ނަމަވެސް އިޚްލާޞްތެރިކަމުގެ އެންމެ މަތީ ދަރަޖަ އެނގޭހެއްޔެވެ؟

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިޚްލާޞްތެރިކަމުގެ އެންމެ މަތީ ދަރަޖައަކީ ތިމާއަށް ކުރެވޭ ފާފަތައް މީސްތަކުންނަށް ފޮރުވަން މަސައްކަތްކުރާފަދައިން ކުރެވޭ ޙެޔޮ ޢަމަލުތައްވެސް ފޮރުވަން މަސައްކަތްކުރުމެވެ.

ވީމާ ކުރާ ހެޔޮ ޢަމަލުތައް ކޮންމެހެން ހާމަކުރަންޖެހޭ ޙާލަތުގައި ނޫނީ ހާމަނުކުރާށެވެ! މިސާލަކަށް ޖަމާއަތަށް ނަމާދަށް ދިއަނަމަ ޖަމާއަތުގައި ނަމާދުކުރާށެވެ! އެކަނިހުރެ ނަމާދުކުރާނަމަ މިސްކިތުގެ މެދުގައި އެންމެންނަށް ފެންނަން ނުހުރެ އެއް ފަރާތެއްގައި ވީހާއެކަހެރިކޮށް ހުންނާށެވެ! އަދި އެނޫންވެސް ކުރާ ހެޔޮ ޢަމަލުތައް ވަންހަނާކުރަން މަސައްކަތްކުރާށެވެ!

 

އަޅުކަން ކުރަނީ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ކިތަންމެ އެކަހެރިކޮށް ނުވަތަ ސިއްރުން ކުރިނަމަވެސް ﷲ ތަޢާލާ އެކަން ދެކެދެނެވޮޑިގެންވެއެވެ. ވީއިރު އެހެން ބައަކަށް ދެއްކުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެއް އަތުން ކުރާ ޞަދަޤާތް އަނެއް އަތަށްވެސް ނުއަންގައި ކުރަން އެއޮތީ މިބުނި ސަބަބުތަކަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން