ފިރިމީހާ އަނިޔާކުރާނަމަ ދެމަފިރންގެ މައްސަލައެއް ކަމަށް ބަލައި ނުހުއްޓުވައި ތިބެއްޖެނަމަ ޒިންމާ އުފުލަންޖެހޭ މީހުންނަށް ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފިރިމީހާ އަނިޔާކުރާނަމަ ދެމަފިރންގެ މައްސަލައެއް ކަމަށް ބަލައި ނުހުއްޓުވައި ތިބެއްޖެނަމަ ޒިންމާ އުފުލަންޖެހޭ މީހުންނަށް ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާންޖެހޭނެ!

އެއްވެސް މީހަކަށް ނުވަތަ ބައަކަށް އަނިޔާވެރިވުމަށްފަހު ނުވަތަ މީހަކަށް ނުވަތަ ބައަކަށް އަނިޔާލިބެން ދޫކޮށްލުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އެމީހުން ކިތަންމެ ގިނަ ބަހަނާތަކެއް ދެއްކި ނަމަވެސް އެކަން ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އެމީހުންނަށް ދެއްވަވާ ޢަޛާބް ގަދަފަދަ ކުރައްވަވާނެތެވެ. 

ވީމާ އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އަދި އަނިޔާލިބެން ދޫކޮށްނުލާށެވެ! އެމީހަކަށް ލިބެމުންދާ އަނިޔާއިން ސަލާމަތްކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. 

ބައެއް ފިރިން އެމީހުންގެ އަނބިންނަށް އަނިޔާކުރެއެވެ. އެޙާލަތުގައި އަނިޔާ ލިބެމުންދާ މީހާ އެކަމުން ސަލާމަތްކުރަން މަސައްކަތްކުރަން ޢާއިލާއަށް ޖެހޭނެއެވެ. އެއީ ދެމަފިރިންގެ މައްސަލައެއް ކަމަށް ބަލައި ދޫކޮށްލައިގެން ތިބެގެން ނުވާނެއެވެ. 

މިބުނީ ވަރަށް އާދައިގެ ކަމެއްގެ ވާހަކައެވެ. ޚުލާޞާއަކީ ހަމަ އެއްވެސް މީހަކަށް އަނިޔާނުކުރުމެވެ. އަދި އަނިޔާ ލިބެން ހަމައެކަކުވެސް ދޫކޮށްނުލުމެވެ. ވިސްނަންވީ އަނިޔާވެރިކަމަކީ އެކަލާނގެ ޛާތުފުޅަށް ހަރާމްކުރައްވަވާފައިވާ ކަމެކެވެ. ވީމާ ކޮންމެ މީހަކީވެސް އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރަން ޖެހޭނެ މީހެކެވެ. ކުރިން މިބަޔާންކުރި ފަދައިން ޤިޔާމަތް ދުވަހަކީ އެމީހަކު ކުރިހާ ކަމަކަށާއި އަދި އެމީހަކު އިހްމާލްވީ ކަންކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ދުވަހެވެ. 

ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތަކާއިބެހޭ ގޮތުންވެސް ބުނެލަން އޮތީ ޣައްޒާގެ ރައްޔިތުންނަށް އަދި ޢާންމުކޮށް ފަލަސްޠީނުގެ ހުރިހާ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. ﷲ ތަޢާލާ އާރާއި ބާރު ދެއްވަވާފައިވާ ހުރިހާ ވެރިންނަށްވެސް އެކަމަށް މަސައްކަތްކުރަން ޖެހޭނެއެވެ. މަސައްކަތް ނުކުރިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހިއެއް ނުދާނެއެވެ. އެކަން އެމީހުންނަށްވެސް ރަނގަޅަށް އެނގޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން