ތިމާގެ ބޭނުންތައް ނުފުދިގެން ކަންބޮޑުވާ މީހުންގެ ތެރެއިން ދުވަސް ނިމުނުއިރު މިކަންކަން ކުރެވުނީ ކިތައް މީހުންނަށްތަ؟ ނުކުރެވޭނަމަ އެމީހަކު އެހުރީ އަމިއްލައަށް ފޭލްވަފައެއްނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ތިމާގެ ބޭނުންތައް ނުފުދިގެން ކަންބޮޑުވާ މީހުންގެ ތެރެއިން ދުވަސް ނިމުނުއިރު މިކަންކަން ކުރެވުނީ ކިތައް މީހުންނަށްތަ؟ ނުކުރެވޭނަމަ އެމީހަކު އެހުރީ އަމިއްލައަށް ފޭލްވަފައެއްނު؟

އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް ކަންބޮޑުވެވެނީ ތިމާ ބޭނުންވާ ކަންކަން ޙާޞިލްނުކުރެވުމުންނެވެ. އެކަމުގައި ތިމާގެ އިހްމާލެއް އޮންނަ ކަމާއިމެދު ވިސްނައިލެވެނީވެސް މަދުމީހަކަށެވެ.  

ކޮންމެ ދުވަހެއް ނިމޭއިރުވެސް ކުރަން ބޭނުން ގިނަ ކަންތައްތަކެއް ހުންނަނީ ޙާޞިލު ނުކުރެވިއެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލުކުރެވެނީ ވަރަށް މަދު މިންވަރެކެވެ. މިއީ ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކުހެން ކަންކަން ހިނގަމުން އަންނަ ގޮތެވެ.  

ރޭގަނޑު ކާން އިންނައިރު އަބަދުވެސް ވިސްނޭނީ އެދުވަހު ތިމާއަށް ޙާޞިލު ނުކުރެވި ހުރި ކަންކަމަށެވެ. ސުވާލަކީ އެންމެ ފަހަރަކުވެސް ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރެވުނު މިންވަރާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟  

ކުޑަކުޑަ ޗެކްލިސްޓެއް ހާމަކޮށްލާނަމެވެ.  

- ފަތިސް ނަމާދުގެ ކުރިން ހޭލައި ﷲ ތަޢާލާގެ ޙަމްރަތުގައި އެންމެ އިތުރުކަންބޮޑުނަމާދު (ދަމުނަމާދު) ކުރިން  ހެއްޔެވެ؟ ޛިކުރުކުރިން ހެއްޔެވެ؟ ދުޢާކުރިން ހެއްޔެވެ؟

- ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެކަށްވުރެ އިތުރުކަން ބޮޑު ނަމާދު (ފަތިސްނަމާދުގެ އިހުސުންނަތް) ކުރިން ހެއްޔެވެ؟ ފަތިސް ނަމާދުކުރީ ޖަމާޢަތުގައިހެއްޔެވެ؟ އަންހެނަކު ނަމަވެސް ފަތިސްނަމާދުކުރީ ވަގުތުގެ ކުރީކޮޅުގައި ހެއްޔެވެ؟ އިހުސުންނަތް ކުރިންހެއްޔެވެ؟ 

- އިރުއެރުމާއި ދެމެދުގައިވާ ވަގުތުކޮޅުގެ ބޭނުން ކުރީ ހެޔޮ ޢަމަލުކުރަންހެއްޔެވެ؟

- ޟުޙާ ނަމާދުކުރިން ހެއްޔެވެ؟

- އެއަށްފަހު ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވިން ހެއްޔެވެ؟

- ދުވަސް ނިމިގެންދިއައިރު ޤުރްއާން ކިޔެވުމަށާއި ޛިކުރުކުރަން ކިހައި ވަގުތެއް ހޭދަކުރެވުނު ހެއްޔެވެ؟

- ވިތުރި ކުރިންހެއްޔެވެ؟

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ކޮންމެ ދުވަހެއް ވެސް ފަށައި ނިންމުމުގައި މި ބަޔާންކުރި ކަންކަމަށް ސަމާލުކަންދޭށެވެ! ތިމާއަކީ ދުނިޔަވީ ގޮތުން ކަންކަމަށް ބޭނުންވެ ނުފުދިގެން ހުރި މީހަކު ނަމަވެސް އަދި ދުނޔަވީ ގޮތުން ފުދިގެން ހުރި މީހަކު ކަމުގައިވީނަމަވެސްމެއެވެ.  

އެހެނީ ދުނިޔަވީ ގޮތުން ބޭނުންތައް ފުދިގެން ހުރި މީހަކު ކަމުގައިވީނަމަވެސް އާޚިރަތް ދުވަސް އޮތީއެވެ. އެދުވަހުން ސުވަރުގެ ލިބުމަކީ ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ މާމުހިންމުކަން ބޮޑު ކަމެކެވެ. ދުނިޔޭގައި ހުރިހާ ބޭނުންތަކެއް ފުދިގެން ހުރިނަމަވެސް އާޚިރަތް ދުވަހު ސުވަރުގެ ނުލިބިއްޖެނަމަ ދެނަ ކަންކަންވެދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ.  

ވީމާ ކޮންމެ މީހަކުވެސް ދުވަސް ފަށައި ނިންމުމުގައި މި ކަންކަމަށް ސަމާލުކަންދޭށެވެ! ﷲ ތަޢާލާ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން