ބައެއް މުބާރާތްތަކަށާއި ސްކޫލްތަކުން ބާއްވާ ޙަރަކާތްތަކުގައި އަންހެންކުދިންނާއި ފިރިހެން ކުދިން އެއްގޮތަކަށް ހެދުން އަޅުވައި އަދި ފިރިހެންކުދިން ފަދައިން އަންހެން ކުދިންގެ ހެދުން ދަށަށް ޖެއްސުވުން ފަދަ ކަންކަމާއިގުޅިގެން ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބަކަށް މިގެނެސްދެނީ އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ ބަސްފުޅެކެވެ. ޖަވާބަކަށް ފުދޭނެ ކަމަށް އުންމީދުކުރަމެވެ. އިތުރަށް ބުނެލަން އޮތީ ﷲ ތަޢާލާ ލައްނަތް ލައްވަވާފައިވާ ކަމެއް ޕްރިނިސިޕަލްގެ މައްޗަށް ހުންނެވި ވަޒީރު ވިދާޅުވިޔަސް ނުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
بسم الله الرحمن الرحيم
ފިރިހެނުން އަންހެން ވައްތަރުވެއުޅުމާއި، އަންހެނުން ފިރިހެން ވައްތަރުވެއުޅުމުގެ ނުރައްކާ!
الحمد لله رب العالمين، والصلاة والسلام على أشرف المرسلين، سيدنا محمد وعلى آله وصحبه أجمعين.
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަންނަމުން އަންނަ ނުރައްކާތެރި، ފާފަވެރި ކަމެއްގެ ވާހަކަ ދަންނަވާލަމެވެ. އެއީ، ފިރިހެން ދުޅާވުމާއި އަންހެން ދުޅާވުމުގެ ނުބައިކަމުގެ ވާހަކައެވެ. އޭގެ ބައެއް ވައްތަރުތައް ދަންނަވާލާނަމެވެ.
އެގޮތުން އެއް ޖިންސަކަށް ޚާއްޞަ ފޭރާން އަނެއް ޖިންސު ލުމާއި، ހިނގާހިނގުމާއި ޙަރަކާތްތަކުގައި އެއް ޖިންސެއްގެ މީހަކު އަނެއް ޖިންސާ ވައްތަރުވުމަށް މަސައްކަތްކުރުމާއި ވާހަކަދެއްކުމުގައްޔާއި ޒީނަތްވެ އުޅުމުގައްޔާއި، ޖިންސު ބަދަލުކުރުމަށް ކުރާ މަސައްކަތް ފަދަ ކަންކަން މީގެ ތެރޭގައި ހިމެނިގެންވެއެވެ. މިއެންމެހައި ކަންކަމަކީ ހުޅަނގުގެ ގައުމުތަކުންނާއި ޣައިރު މުސްލިމުންގެ ފަރާތުން މުސްލިމް މުޖްތަމަޢުތަކަށް ފޭދި ފެތުރި އަންނަ ނުރައްކާތެރި ވަބާއެކެވެ.
އިސްލާމްދީނުގައި މަނާކުރެއްވިގެންވާ އަދި އެފަދަ ކަންކަމަށް އަރައިގަންނަ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަންކަމެވެ. ކީރިތި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. (لَعَنَ رَسُولُ اَللَّهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ، اَلْمُخَنَّثِينَ مِنْ اَلرِّجَالِ، وَالْمُتَرَجِّلَاتِ مِنَ النِّسَاءِ.) رواه البخاري މާނައީ: "ފިރިހެން ދުޅާވެގެން އުޅޭ އަންހެނުންނާއި އަންހެން ދުޅާވެގެންއުޅޭ ފިރިހެންނަށް رَسُولُ اَللَّهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ ލަޢުނަތް ލެއްވިއެވެ." އަދި އެހެން ހަދީޘް ބަސްފުޅެއްގައި ވެއެވެ.
(لَعَنَ رَسُولُ اَللَّهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ وَالمْـُتَشَبَِّّالِ, وَالْمُتَرَجِّلَاتِ مِنْން ވައްތަރުވެގެންއު.......
التحدياتهاتِ مِنَ النِّسَاءِ بِالرِّجَالِ (رواه البخاري
މާނައީ: "އަންހެނުންގެ ތެރެއިން ފިރިހެން ވައްތަރުވެގެންވާ އަންހެނުންނާއި، ފިރިހެނުންގެ ތެރެއިން އަންހެން ވައްތަރުވެގެންއުޅޭ ފިރިހެނުންނަށް رَسُولُ اَللَّهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ ލަޢުނަތް ލެއްވިއެވެ." އަދިވެސް ހަދީޘް ބަސްފުޅެއްގައި ވެއެވެ.
(لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ) رَوَاهُ أَبُو دَاوُد
މާނައީ: "ފިރިހެނުންގެ ހެދުންއަޅައިއުޅޭ އަންހެނުންނާއި، އަންހެނުންގެ ހެދުންއަޅައިއުޅޭ ފިރިހެނުންނަށް رَسُولُ اَللَّهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ ލަޢުނަތްލެއްވިއެވެ. " ވީއިރު، މުޙައްމަދު ނަބީކަލޭގެފާނަށް އީމާންވެގެންވާ މީހަކު އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވެ، އެކަލޭގެފާނުގެ ބަދު ދުޢާ ލިބި، اَللَّهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތުން ބޭރުވެދާނެ ކަމެއްކުރުން ހެޔޮވާނީ ކިހިނަކުންތޯއެވެ! އެހެނީ، ލަޢުނަތްލެއްވުމުގެ މާނައަކީ، اَللَّهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތުން ބޭރުކުރެއްވިގެން ދިއުމެވެ.
ވީމާ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ މާތްވެގެންވާ އިސްލާމްދީން ދައްކަވައިދެއްވާފައިވާ ޙައްޤު މަގުގައި ސާބިތުވެތިބެ، ޣައިރު މުސްލިމުންގެ ކެހިވެރި، މަކަރުވެރި ރޭވުންތަކުން ސަލާމަތްވެ ތިބުމެވެ.
އަޅުގަނޑު، މާތް اَللَّهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުގައި އެދި ދަންނަވަނީ އެފަދަ މުންކަރާތްތަކުން މުސްލިމް މިމުޖްތަމަޢު ސަލާމަތްކޮށްދެއްވައި އަޅުގަނޑުމެންނަކީ ޢިއްފަތްތެރި އަބުރުވެރި ބައެއްކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެންގެ އަންހެންބޭފުޅުންނަށް އައުރަ ނިވާކުރުމުގެ ހެޔޮ ތައުފީޤް ދެއްވުމެވެ. އަޅުގަނޑުމެންނަކީ ހެޔޮބަސްބުނާ، ހެޔޮކަން ކުރާ، ބާޠިލުގެ މަގުން އެއްކިބާވެގެންވާ ބަޔަކުކަމުގައި ލެއްވުމެވެ.
وَآخِرُ دَعْوَانَا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ
- އިސާލީމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް