މައިންބަފައިންނަށް އިހްމާލްވެވެނީ މިއާޔަތް ނުއެނގޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
މައިންބަފައިންނަށް އިހްމާލްވެވެނީ މިއާޔަތް ނުއެނގޭތީ!

ތިބާއަށް ވަޒިފާދިން ފަރާތުން ތިބާއަށް ވަޞިއްޔަތެއް ކޮށްފިނަމަ ކޮންމެ ގޮތަކުންނަމަވެސް އެކަމެއް ކުރާނެއެވެ. އަދި ތިބާ އެމީހަކު ދެކެ ލޯބިވާ މީހަކު ވަޞިއްޔަތެއް ކުރިނަމަވެސްމެއެވެ. ނަމަވެސް ﷲ ތަޢާލާ އަހުރެމެންނަށް ވަޞިއްޔަތް ކުރައްވަވައި ޤުރްއާނުގައި އަންގަވާފައިވާ ކަންކަމަށް ސަމާލުކަން މިއޮންނަނީ ނުދެވިފައެވެ.  

މައިންބަފައިންނަށް ނުކިޔަމްނަތްެރިވާ ދަރިންވެސް، އެމީހުންނަށް ހެޔޮކޮށް ނުހިތާ ދަރިންވެސް އިހްމާލުވަމުން އެގެންދަނީ ﷲ ތަޢާލާގެ ވަޞިއްޔަތްފުޅަކަށެވެ. އެއީ ކުރެވޭ ކުޑަކުޑަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ! އެކަންވެގެންދާނީ ﷲ ތަޢާޅާގެ ޙަޟްރަތުގައި ވަރަށް ބޮޑު ކަމަކަށެވެ. އެއީ ޝައްކެއް އޮތް ކަމެއްވެސް ނޫނެވެ.  

ތަޢާލާ އަށް ޝުކުރުވެރިވުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ކިޔަމަންތެރިވުމާއި ބެހޭގޮތުން ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 14 އަދި 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.  

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾‏ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿١٥﴾‏ 

މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14) 

އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (15)"

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން